އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީގައި ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބްރައީސް އަދީބު

    ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން  އަލަށް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން، “މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ”، އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅަކީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ.

    ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

    ވިޔަފާރިވެރިން ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފް އިސްކޮށް ހުންނަވައިގެން އަލަށް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން، “މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ”، އަކީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އާސިފްވަނީ ވިދާޅުވެފައެވެ.

    އެހެންކަމުން ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް “ބަސްވިކޭ” ޕާޓީއަކަށް ހެދޭނީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަ ކުރާނެ ކަމަށްވެސް އާސިފްވަނީ ވިދާޅުވެފައެވެ.

    “އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް. އެހެންވީމަ ސިޔާސީ ޕާޓީއަކުން ކުރާ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންވެސް ކުރާނެ، އެއީ މަޖިލިސް އިންތިޚާބު ކަމަށްވިއަސް އަދި އެހެނިހެން ކަންކަމުގައި ވިއަސް،”އާސިފް ވިދާޅުވިއެވެ.

    އާސިފް ވިދާޅުވީ މަޖިލިސް އިންތިޚާބަށް ދިއުމުގެ ކުރިން އެޕާޓީން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ޕާޓީ ރަޖިސްޓްރީ ކުރުމާއި މީހުން ހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ.

    “އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ފުރިހަމަ ކުރުމުގެ ވިސްނުން ފުރަތަމަ މިހުރީ. އެއީ 3000 މީހުން ހަމަކުރުމާއި މިކަހަލަ މިކަހަލަ ކަންކަން. މުޅި ޖުމްލަކޮށް ރަޖިސްޓްރޭޝަންގެ ޕްރޮސެސް ފައިނަލް ކުރުން. އެކަން ނިންމާފައި އެހެން ކަމަކާ އަޅުގަނޑުމެން އުޅޭނީ،” އާސިފް ވިދާޅުވިއެވެ.

    އޭނާ ވިދާޅުވީ އެޕާޓީއަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. ނަމަވެސް އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތު ކަމަށް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ ސަރުކާރުންވެސް ގޯސް ކަމެއް ކުރާނަމަ އެކަމުގައި އެންމެ ފުރަތަމަ ތެދުވެ އަޑު އުފުލާ ބަޔަކަށް އެޕާތީވާނެ ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ފައިދާހުރި ކަންކަން ކުރާނަމަ އެޕާޓީގެ ފުރިހަމަ ތާޢީދު ސަރުކާރަށް ލިބިގެންދާނެ ކަމަށް އާސިފް ވިދާޅުވިއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގިނަ މީހުން އަހަރެންގެ އިންސްޓެގްރާމް ބެލުމަކީ ވަރަށް އުފާވާ ކަމެއް- ޕްރިޔަންކާ

    ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ، މި ފެށުނު އާ އަހަރު ފާހަގަ ކޮށްފައިވަނީ ...

    ސްރީދޭވީ މަރުވެއްޖެ

    ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ...

    ށ. މިލަންދޫން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

    ށ. އަތޮޅު މިލަންދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ. އޮންލައިން ނޫސް “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ   ގޮތުގައި ...

    ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

    ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

    އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅެން – ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

    އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެހެންތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގެޅޭމަކަށް ފިޝަރިޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. ޒަހާ ވަހީދު ...

    ކޮވިޑް 19 – ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަރައިފި

    ހިތަދުން އާދީއްތަ ކޮވިޑަށް ޕޮޒިޓިވްވި 9 މީހުންނާއެކު ހިތަދޫގެ އެކްޓިވް ކޭސް އަދަދު 117 އަށް އަރައިފިއެވެ. އައްޑޫ ...