”އަޅުގަނޑު މަރާލަން ދިން ހަމަލާގެ ތަޙްޤީޤު ފުލުހުން ރަނގަޅަށް ގެންދިޔަ ކަމަކަށް ނުދެކެން“

  ހުސްވި މެއިމަހުގެ 06 ވަނަ ދުވަހުގެރޭ ބޮމެއް ގޮއްވައިލައިގެން، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ މުހިންމު މަޢުލޫމާތެއް ފުލުހުންނަށް ހޯދިފައިނުވާކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

  ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ މަނިކުފާނު ގެންގުޅުއްވާ “އެލެކްސް އަހްމަދު“ އެކައުންޓު މެދުވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

  ”އަޅުގަނޑު މަރައިލަން ދިން ހަމަލާގެ ތަޙްޤީޤު ފުލުހުން ރަނގަޅަށް ގެންދިޔަ ކަމަކަށް ނުދެކެން“ ރައީސް ނަޝީދު ވިދާޅުވިއެވެ.

  އެ މަނިކުފާނު އިތުރަށް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ޢަމަލުތައް ޓްރޭސްކޮށްފައިނުވާ ކަމަށެވެ. އަދި ގޮއްވައިލަން ބޭނުންކުރި ތަކެތީގެ އަސްލެއް ވެސް ހޯދިފައިނުވާ ކަމަށެވެ.

  ހަމައެހެންމެ ހަމަލާދޭން ފަންޑުކުރީ ކޮންބައެއްތޯއާއި، ހަމަލާދޭން ބޭނުންކުރި ޓެކްނޮލޮޖީއާއި، އައިއީޑީ ތައްޔާރުކުރަން އެނގުނީ ކިހިނެއްކަމެއް ފުލުހުންނަށް ހޯދިފައިނުވާ ކަމަށެވެ.

  އެލެކްސް އަހުމަދު ފާހަގަ ކުރެއްވި ނުކުތާތައް

  • ހައްޔަރު ކުރި މީހުންގެ ހަރަކާތްތައް ޓްރޭސްކޮށްފައެއް ނުވޭ
  • ބޭނުން ކުރި އާލާތްތަކުގެ އަސްލު ހޯދައިފައެއް ނުވޭ
  • ފަންޑުކުރި މީހުން ހޯދިފައެއް ނުވޭ
  • ޓެކްނޮލޮޖީ ހޯދިފައެއް ނުވޭ ރިމޯޓުން ގޮއްވާލެވޭ ގޮތަށް އައިއީޑީ ހެދި ގޮތް ހޯދިފައެއް ނުވޭ
  • ހަމަލާގެ މައުލޫމާތު އެނގޭ މީހުން ހޯދިފައެއް ނުވޭ
  • ޓްރޭސް ކުރެވިފައިވަނީ އަބްދުﷲ އަލި މަނިކާއި ހަމައަށް
  • ހަމަލާގެ މައުލޫމާތު ލިބުނު މީހުން ޓްރޭސް ކުރެވިފައެއް ނުވޭ

  ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ކުރިއަށްގެންދާ ތަޙްޤީޤަކީ، ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެއްވެސް ނުފޫޒެއް މެދުވެރިނުވެ ހިނގާ އެންމެ ފުރިހަމަ ތަޙްޤީޤު ކަމަށާއި، އެއީ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރާއެކު ކުރިއަށްގެންދެވޭ ތަޙްޤީޤެއް ކަމަށެވެ.

  ހަމައެހެންމެ ތަޙްޤީޤު ކުރިއަށް ގެންދިއުމުގައި ފުލުހުންނަށް ލިބެން ހުރި ހުރިހައި ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، އެއްވެސް ވަސީލަތެެެއް ބޭކާރު ނުކުރާ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ރޮޒޭއަކީ ކޮންމެހެން ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންޖެހޭ ކުޅަދާނަ އަންހެން ބޭފުޅެއް- ރައީސް ނަޝީދު

  Advertisement ރޮޒޭއަކީ އަޅުގަޑުގެ ވަރަށްބޮޑު އިތުބާރާއެކީގައި އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށް ...

  ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ނިންމައިފި

  ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ...

  ސްރީދޭވީ މަރުވެއްޖެ

  ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރީދޭވީ ވަރަށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ސްރީދޭވީ މަރުވެފައި ވަނީ ހިތް ހުއްޓިގެން، ހޮނިހިރު ...

  ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

  ށ. ކޮމަންޑޫގައި އުމުރުން ދުވަސްވީ މީހަކު މަގުމަތީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ...

  މިވަގުތުގެ އެންމެބޮޑު އަމާޒަކީ ރައީސް ނަޝީދަށް ޙަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން – ރައީސް

  މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން ...

  ކޯވިޑް-19 : މިއަދު އެކަނި މިހާތަނަށް 50 މީހުން ޕޮޒިޓިވް ވެއްޖެ

  ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު 50ހަށް އިތުރުވެއްޖެއެވެ. މިހާތަނަށް 191 މީހުން ރާޢްޖެއިން މި ...