އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން: ނަޝީދު

    އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ދިވެހި ރާއްޖެ ސަލާމަތްކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

    ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރއްވި ޓްވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އަދި އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކޮށް، މިއުޒިކް ހަރާމް ނުކުރާ އަދި ކީރިތި ރަސޫލާއަށް ފުރައްސާރަނުކުރާ އިއްތިހާދެއް ކަމަށެވެ.

    ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެމީހުންގެ އެހީއަށްވެސް އެދޭނަން . އަދި އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމާ އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް. ރާއްޖެ އަފްޢާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ

    ބޮމުގެ ހަމަލާއިން ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

    ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރައީސް ނަޝީދު ދައްކާފައިވާ ވާހަކަތަކަށް ބަލާލުމުން ހާމަވަނީ ނަޝީދު ބޭނުންފުޅު ވަނީ އެމްޑީޕީ އާއި ޕީޕީއެމް އެކުގައި އިއްތިހާދެއް އެކުލަވާލަން ކަމަށެވެ. މިހެން ނަޝީދު ވިދާލުވެފައިވާއިރު އެމަނިކުފާނުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އޮތް ސިޔާސީ ގުޅުންވެސް ކަނޑާލާފަ އެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

    ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ މުހައްމަދު ޖަޒްލާން ނަމަކަށްކިޔާ ޒުވާނެކެވެ. މި ...

    ފޮޓޯއިން ޚަބަރު: ކޮވިޑް19 – ދަތުރުވެރީންގެ ޓެމްޕްރޭޗަރ ޗެކްކުރުން

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނި މިހާރު މުޅި ދުނިޔޭގައި ފެތުރިގެން އުޅޭ ކްރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ...

    ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

    ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި ...

    ރޮބަޓެއް ބޭނުންކޮށްގެން ގެއްލުނު ކުދީން ހޯދުމުގެ މަސައްކަތްކޮށްފި

    އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ހޮނިހިރުދުވަހު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ ދެ ކުދިން ހޯދުމަށް ޑައިވިން ...

    ގައުމު ސްޓްރީޓް ކަޕް 2020: 3 ވަނަ ދުވަހުގެ މެޗްތައް

    މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ 3 ވަނަ  ދުވަހު ކުޅުނު މެޗްތަކުގެ ނަތީޖާ: ...

    އައްޑޫސިޓީގެ އަވަށްތައް ހިމެނޭގޮތައް އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

    އައްޑޫސިޓީ ގެ އަވަށްތައް ( ރަށްތައް ) ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ...