އަޅުގަޑުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް- ރައީސް ނަޝީދު

  ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުން ލަސްވަމުންދާތީ އެކަމާ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފިކަމަށް ރަށްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

  އެމަނިކުފާނު މިހެންވިދާޅުވީ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސެން މުހައްމަދު މަޖިލިސްގައި އިއްޔެ ދެއްކެވި ވާހަކަތަކަށް ޖަވާބް ދެއްވަމުންނެވެ.

  ” އެމީހުން އެތިބެނީ އަނެއްކާވެސް 14 ދުވަސް ޖަހާފާނެކަމުގެ ބިރުވެރިކަމުގައި ، ލާރިއެއްނެތް ، ކޮޓަރީގެ ކުލި ދައްކަންޖެހޭ ، ރިސޯޓުން ލިބެނީ 100 ޑޮލަރު ، ރިސޯޓުން މާލެއައިސް މިތިބީ ތާށިވެފައި ، ކުލި ނުދެއްކި ، ރޯދަމަހު ރޯދަހިފަން ހާރުކާނެ ލާރިއެއްނެތް ، އަޅުގަޑުމެންނަށް މާބޮޑު އަލިމަގެއް ފެނިގެން ނުދިޔަ ، ސަރުކާރުގެ ވުޒާރާތަކަކުންވެސް އެމީހުންނަށް މާލީއެހީއެއް ފޯރުކޮށްދޭތަނެއް ، އަދި އޭގެ އިތުރަށް ކަރަންޓީނު ފެސިލިޓީތަކަށްވެސް އެމީހުން ބަދަލުކޮށްގެން އެކަންތައްތައް ކޮށްދޭނެ މާބޮޑު އަލިމަގެއް މިހާހިސާބަށް ފެނިފައިނެތްކަން ފާހަގަކުރަން ، އެހެންވީމާ އަޅުގަޑު ސަރުކާރުން މިކަންތައްތައްކުރާ ވުޒާރާތަކަށް ގޮވާލަން  މިނޫންގޮތަކަށް މިކަންތައްތައްކޮށް ތަންކޮޅެއް ރަށްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަވާގޮތަކަށް މިކަންކޮށްދިނުމަށް ” އިއްޔެގެ މަޖިލިހުގެ ޖަލްސާގައި  ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސެން މުހައްމަދު ވިދާޅުވިއެވެ.

  ރަށްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މަޖިލިހުގެ މެމްބަރުންގެ ކަންބޮޑުވުންތަކާއިގުޅިގެން ރިޔާސަތުގައި ހުންނެވި މަޖިލިހުގެ ރައީސް ، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކެތްތެރިކަން ހިފެހެއްޓޭނީ ވަކި މިންވަރަކަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލިހުގެ މެމްބަރުން ފާޅުކުރައްވާ ކަންބޮޑުވުންތަކާ ފާހަގަކުރައްވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅުތައްނާޅާ ލަސްވާންޖެހޭ ސަބަބެއް އޮވެގެން ނުވާނެކަމަށާ އެމައްސަލަތައް ހައްލުކުރަން ނޫޅުމަކީ އެމަނިކުފާނު ވަރަށްބޮޑަށް ދެރަވާ މައްސަލައެއްކަމަށެވެ.

  ” އަޅުގަށްވެސް އެގިއްލަވާ އިއްޒަތްތެރި މެމްބަރުންގެ ކެތްތެރިކަން ކޮޅުންލަމުންދާކަން ، އަޅުގަޑުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް ، އަޅުގަޑު ތަކުރާރުކޮށް އެބަދަންނަވަން ވަރަށްގިނަމީހުން މިރަށުގައި އުޅެމުންދަނީ ވަރަށްބޮޑަށް ހާލުގައި ހާލުގައިކަމަށް ، އަޅުގަޑުމެންގެ ހިތައް އެކަން ގެނެވި  އެކަމަށް ހައްލެއް ހޯދަން އެއީ މުހިއްމުކަމެއްގެ ގޮތުގައި ނުފެންނަ ސަބަބެއް އަޅުގަޑަކަށް ނުވިސްނޭ ، މިއިއްޒަތްތެރި މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންގެ ބާރު ހުންނާނެ ، ތިބޭފުޅުން ބޭނުންފުޅުވެ ވަޑައިގަތީމާ އެކިއެކި ބޭފުޅުން ބަދަލުކޮށް އަދި އިތުބާރުނެތްކަމަށް ނަންގަވާ ހެއްދެވޭނެ ، އެއީނޫން އަޅުގަޑުމެންގެ އަމާޒަކީ ، އެއީނޫން އަމާޒަކަށް ވެގެންވާނީ ، މިމަޖިލިހުގެ ގިނަ އިއްޒަތްތެރި މެމްބަރުން ވަކިގޮތަކަށް ކަމެއް ފާހަގަ ކުރެއްވީމާ ސަރުކާރުގެ ކަންކަމާގުޅޭގޮތުން ހަވާލްވެލައްވައިގެން ތިއްބަވާ ބޭފުޅުން އެއަށް އަމަލުނުކޮށް ތިއްބަވަންވީ ސަބަބެއް އަޅުގަޑަކަށް ނުވިސްނޭ ، އެއީ އަޅުގަޑުވެސް ދެރަވާކަމެއް ، ކަންބޮޑުވާކެމެއް، ހުރިހާ ބޭފުޅުންނަށްވެސް އެގިވަޑައިގަންނަވަން ޖެހޭނެ، ރައީސުލް ޖުމްހޫރިއްޔާއަށްވެސް އެގިވަޑައިގަންނަވަން ޖެހޭނެ ، މާލޭގައި އެތައްހާސްބަޔަކު ތާށިވެފައިތިބީމާ މިއީ އެތައްބަޔަކަށް ވަރަށްބޮޑު ގެއްލުމެއްކަން ” އިއްޔެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

  ކުރީން ބޭއްވުނު މަޖިލިހުގެ ޖަލްސާއެއްގައި ވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އާއްމު ސިއްހަތުގެ ގާނޫން ބުނާގޮތުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް  އަމަލު ކުރަންޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށާ ކައުންސިލްތަކުގެ އިހުތިސާސްތަކުގެ ސަރަހައްދުގައި ހިންގާ ކަންކަންކުރުމަށް މިނިސްޓްރީން ކައުންސިލްތަކާއި އެ މަސްއޫލިއްޔަތުތައް ހަވާލްކޮށް އެކަމާގުޅޭ އުސޫލެއް އާއްމުކުރަން ޖެހޭނެކަމަށެވެ. އަދި އެކަންކޮށްފައިނުވާތީ ހެލްތު މިނިސްޓަރ ގާނޫނާއި ޚިލާފްވެވަޑައިގެންފައިވާކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.

  އިއްޖެ ޖަލްސާގައި ކަރަންޓީންކުރުމާއި ރަށްރަށަށް މީހުން ގެންދިއުމާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކަށް އެމިނިސްޓްރީން އަމަލު ކުރަމުން ނުގެންދާކަން ތަކުރާރުކޮށް ފާހަގަކުރައްވާފައިވެއެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރިއަށް ހުރަހެއް ނާޅާ: އަސްލަމް

  ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ޕާލިމެންޓަރީ އިންކުއަރީއަށް ހުރަސް އަޅާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ...

  އައްޑޫގައި ތިބި ބަންގްލަދޭޝް މީހުން ގައުމަށް ދާން ބޭނުންނަމަ ރަޖިސްޓްރީވުމަށް އަންގައިފި

  އައްޑޫސިޓީގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ...

  އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

  ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...

  ތޮއްޑޫގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

  އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން ...

  މީދޫ ބޮޑުމަގުގެ ކޯގަންނު ސަރަހައްދުގައި ތާރުއަޅައި ނިންމައިފި

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ އަލިވާގޭ ކުރިމަތިން ފަށައިގެން ކޯގަންނު ގަބުރުސްތާނުގެ އުތުރުފަރާތާއި ހަމައަށް މީދޫ ...

  އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަރަދޫފޭދޫ ބްރާންޗްގެ ޓީމް ހޯދައިފި

  ފެނަކަ ރެކްރިއޭޝަން ކްލަބް (އެފްއާރުސީ) އިން އިންތިޒާމްކޮށްގެން އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ނަމުގައި ހިތަދޫގައި ބޭއްވި ފުޓްސަލް ...