ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

    މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ރޭ އަންގަވައިފިއެވެ.

    ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވާ ކަމަށެވެ.

    މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.

    ރައީސް އޮފީހުގެ ތަރުޖަމާނު މިގޮތަށް ޓުވީޓް ކުރެއްވުމުން މިއީ އޮޅުމަކުން ކުރެއްވުނު ޓުވީޓެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާތީ ހޫދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ހޫދު ވިދާޅުވީ “އޮޅިގެން ދައްކާ ޒާތުގެ ވާހަކައެއް ނޫން މިއީ އިނގޭތޯ” އެވެ.

    މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައިވާއިރު މީގެ ކުރިން ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ނިސްބަތް ކުރައްވާ ބޭއަދަބީ ވާހަކަތަކެއް ދެއްކެވި ފޯނު ކޯލެއްގެ އޯޑިއެއް ލީކުވެފައެވެ. އަދި މިނިސްޓަރު ނަހުލާ ވަނީ މި މައްސަލަ ރައީސް ސާލިހުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިނިސްޓަރު ނަހުލާ ވެސް ވަނީ އެ ފޯނު ކޯލުތަކަކީ ސައްހަ ފޯނުކޯލުތަކެއް ކަމަށް މީގެ ކުރިން ކަށަވަރުކޮށްދެއްވާފައެވެ.

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގެ ވަޒީރުން ހުވާ ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މި ސަރުކާރުން މިހާތަނަށް ދެ ވަޒީރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވާފައިވަނީ ޖެންޑަރ މިނިސްޓަރު ޝިދާތާއި ޝަރީފާއި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އެއްބަސްވުން ހަމަވަންދެން އާސެނަލްގައި މަޑުކުރާނަން: ވެންގާ

    އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން ކްލަބުގައި މަޑުކުރާނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ...

    ނަރުދޫއިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    ށ. ނަރުދޫއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. “ވަގުތު” ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނަރުދޫން ...

    ސ. ހުޅުދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

    އައްޑޫސިޓީ ހުޅުދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ހުޅުމީދޫ ސިއްހީމަރުކަޒުގެ ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ...

    މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

    މާލެ އާއި އިނގުރައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފިއެވެ. ޑްރަގް އެންފޯރސް ޑިޕާޓްމެންޓު އެކްޓިންގ ...

    އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް އެގްރިކަލްޗަރ މިނިސްޓްރީން ހުއްދަދީފި

    އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ. އައްޑޫގެ ...

    ރައީސް ސޯލިހުގެ ސްޕޯކްސްޕަރސަންއަކަށް ހޫދު ހަމަޖައްސަވައިފި

    ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕަރސަންގެ ދައުރު އަދާކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...