ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަކީ ޚިޔާނާތްތެރިއެއްކަމަށް ކުރީގެ ނާއިބްރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.

ސީޔާސީ ދާއިރާގައި ޖަމީލުއާއިއެކު މަސައްކަތް ކުރައްވަމުން ގެންދެވި އަމީންގެ ފޮޓޯއެއް ޓުވިޓް ކުރައްވާ ޖަމީލް ވިދާޅުވީ މިފެންނަނީ އަސްލު ހަގީގަތްކަމަށާ ދުނިޔޭގެ ނިސްބަތުން މިވައިރަހާ ދެކޮޅަށް އެންމެބޮޑު ޚަރަދެއްކުރަނީ ރާއްޖެއިންކަމަށެވެ. އަދި އެންމެ ނަތީޖާ ދަށްގައުމަކީވެސް ރާއްޖެކަމަށް ޖަމީލުގެ ޓުވިޓާގައި ވަނީ ވިދާޅުވެފައެވެ.

ކޮވިޑް 19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެގް ގްރޫޕްގެ އެންމެ އިސް ބޭފުޅުންނާއި ޕޮލިސްކޮމިޝަނަރ މުހައްމަދު ހަމީދާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ދެފޮޓޯއެއް ޓުވިޓް ކުރައްވަމުން ޑރ. ޖަމީލު ލިއުއްވާފައިވަނީ މިފެންނަނީ އަސްލު ހަގީގަތްކަމަށާ ދުނިޔޭގެ ނިސްބަތުން އެންމެބޮޑު ޚަރަދެއްކޮށް އެންމެ ނަތީޖާ ދަށްގައުމުކީ މިއީކަމަށް ޖަމީލުގެ ޓުވިޓާގައި ބުނެފައިވެއެވެ.

ޕޯސްމޯޓަމުން މުޅިންވެސް ފެންނަނީ  ޚިޔާނާތްތެރިންކަމަށާ މަންޒަރު ސާފްވެއްޖެކަމަށް ޖަމީލުވަނީ ވިދާޅުވެފައެވެ. އަދި ގާބިލްކަމެއް ލީޑާރ ޝިޕެއްވެސް ނެތްކަމަށާ ދެންއޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުންކަމަށް ޖަމީލުގެ ޓުވިޓާގައި ހާމަކޮށްފައިވެއެވެ.

ޖަމީލުއާއި އަމީނުއަކީ ގައުމީޕާޓީގައިވެސް އިސްސަފުގައި މަސައްކަތްކުރެއްވި ދެބޭފުޅުންނެވެ.

ކޮވިޑާއިގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖަމީލު އަންނަނީ ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. ...

ޝަރުޢީ ދާއިރާއާމެދު އިތުބާރު އުފެދުނަސް، މައްސަލަތައް ލަސްވުމަކީ ރައްޔިތުންގެ ޝަކުވާއެއް: ރައީސް

ރައްޔިތުންގެ ހިތްތަކުގައި ޝަރުޢީ ދާއިރާއަށް އިތުބާރު އުފެދެމުންއައިނަމަވެސް، އަދިވެސް ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ...

މީޑިއާނެޓަށް ބުރަވެފައިވާ ގަވައިދާއި މަޖިލީސްވެސް ދެކޮޅު!

މީޑިއާނެޓަކީ ދިވެހިރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ކުންފުންޏެވެ. މި ކުންފުންޏަށް މި ދާއިރާ ...