އަނަޓޮލީގެ ހެޓްރިކާއެކު ޓީސީ ޕްލޭ އޮފަށް

ޓީސީގެ ކިރިގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވްގެ ހެޓްރިކާއެކު އެކެއް ތިނަކުން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ބަލިކޮށް އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުން ޓީސީ ޖާގައެއް ހޯދައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަތްއިރު ޓީސީ ސަޕޯޓަރުންނަށް ވުރެ ސައިފަށް ސަޕޯޓްކުރަން ދަނޑަށް ވަތް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްލެވެ އެވެ. އަދި ޓީސީގެ ބިދޭސީ ގޯލްކީޕަރު ޑިމީޓްރީ އަސްނިން އަނިޔާގައި ހުރުމުން ރޭ ޓީސީގެ ގޯލް ބަލަހައްޓާފައިވަނީ ބަދަލު ކީޕަރު އިބްރާހިމް ނަދީމްކަންވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގެ ކުޅުން ފެށިގެން 22 ވަނަ މިނެޓުގައި އަނަޓޯލީ ބޮލުން ގޯލެއް ވައްދާލައި ޓީސީ އަށް ލީޑު ނަގައިދިނުމާ އެކު ސައިފް ވަނީ މެޗުގެ ކޮންޓްރޯލް ހޯދަން މަސައްކަތްކޮށްފަ އެވެ. އެގޮތުން ކުރިއަށް ޖެހިގެން ޓީސީގެ ގޯލަށް ނުރައްކާކުރަން ފަށައި ސައިފްގެ ކޮލަމްބިއާ ޑިފެންޑަރު ޑެއިނޭ އަންދްރޭސް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ޓީސީ އަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އަހްމަދު އާރިފްގެ މޮޅު ކުޅުމާއެކު ޓީސީކޮޅަށް ވަނީ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ސައިފްގެ އޭރިއާ ތެރެއިން އާރިފް އަށް ކުރި ފައުލަކާ ގުޅިގެން ޓީސީ އަށް ލިބުނު ޕެނަލްޓީ އަނަޓޯލީ ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ވައްދާލި އިރު، އޭގެ ކުޑައިރުކޮޅެއް ފަހުން ސައިފްގެ ގޯލު އޭރިއާ ބޭރުން އާރިފް އަށް ކުރި ފައުލަކާ ވިދިގެން ލިބުނު ހިލޭ ޖެހުން އަނަޓޯލީ ވަނީ ގޯލުގެ ތެރެއަށް ވައްދާލައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ޕްރެލިމިނަރީގައި ސައިފް އާ ދެކޮޅަށް ކުޅުނު ދެ ލެގުންވެސް ޓީސީ މޮޅުވި އިރު، އަނަޓޮލީ ކާމިޔާބުކުރި ލަނޑަކާއެކު ޓީސީ ވަނީ 1-0 އަކުން ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގުވެސް ކާމިޔާބުކޮށްފަ އެވެ. އެހެން ކަމުން، ޕްލޭ އޮފުން އެ ޓީމް ޖާގައެއް ހޯދާފައިވަނީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ޕްލޭ އޮފަށް ދަތުރުކުރުމާ އެކު ޓީސީ އިން މުބާރާތުގައި އިތުރަށް ކުރިއަށް ދާނަމަ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތޭރަވަނަ ދުވަހު އިންޑިއާގެ ބެންގަލޫރާ އެފްސީ ދެކޮޅަށް ޓީސީ އިން ނުކުންނާނެ އެވެ. ބެންގަލޫރު އެފްސީ ވަނީ ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑް އަތުން 3-0 އަކުން ދެވަނަ ލެގުން މޮޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫއެފާ ނެޝަނަލް ލީގް: ކްރޮއޭޝިޔާ ބަލިކޮށް ސްޕެއިން ޗެމްޕިއަން ހޯދައިފި

ޔުއެފާ ނެޝަނަލް ލީގް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ. ދެޓީމުގެ ފަރާތުން ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ހުޅުދޫ އެފްސީއާއި މައިލޯ ސިޓީ

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭވެސް ދެމެޗް ކުޅެވުނެވެ.  މިގޮތުން  ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ ...

ޕޮލިސްކަޕް 2019 ގެ ފައިނަލަށް ކެނެރީފް ދަތުރުކޮށްފި

ޕޮލިސްކަޕް 2019 ގެ ފައިނަލަށް ކެނެރީފް ދަތުރުކޮށްފި އެވެ ކެނެރީފު މިމުބާރާތުގެ ފައިނަލަށް ހޮވުނީ ރޭ ކުޅެވުނު ސެމީ ...