އަތޮޅު ތެރޭގެ ރައްރަށަށް ދަތުރު ކުރުމުގައި ދެން ހާއްސަ ހުއްދައެއް ނަގާކަށް ނުޖެހޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި އެއްރަށުން އަނެއް ރަށަށް ހުއްދަނެތި ދަތުރުކުރެވޭނެ ކަމުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރެޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ޢަބްދުﷲ ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހުގެ ފެށިގެން ދޭ ލުއިތަކުގެ ތެރޭގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ. ނަމަވެސް މީގެ ތެރޭގައި ކޯވިޑްގެ ނުރައްކާތެރިކަން އެންމެބޮޑަށް އޮތް މާލެސިޓީ ނުހިމެނޭކަމަށްވެސް ޝައިނާ ވިދާޅުވިއެވެ.

މާލެއަށް ދަތުރުކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ހުއްދަތަކާއިއެކު ކަމަށްވެސް ޝައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާލަތުގައި ވައިގެ މަގުން ކުރާދަތުރުތަކަށްވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކާއެކު މިހާތަނަށް ހަމައެކަނި ދަތުރުފަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ ރަށްރަށަށް ބެނުންވާ ޒަރޫރީ ކާބޯތަކެއްޗާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމަށެވެ.

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ...

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ފަތްކޮޅު ޝަރީފަށް ރައީސް އަރުވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަހުމަދު ޝަރީފު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ. ޝަރީފު މެންބަރު ...

އާފިޔާގެ ވާހަކަތައް ބަދަލުވެ، އިބްތިހާލް މަރާލިކަމަށް ބުނީ މަޖުބޫރުވެގެން ކަމަށް ބުނެފި

މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ ޒިންމާ މީގެ ...