ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫސިޓީ ހިތަދޫގައި ބާއްވަނީ

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމަށްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީ ހިތަދޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީ ހިތަދޫގެ ” އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް” ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ބައިވެރިވާ ޓީމުތައް އަންނަ މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ އަށް އައުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަހަންނަށްވެސް ރޮވެނީއެވެ.

ފުރަމާލެއިން މިއަދާ ހަމައަށް  62  މީހަކާއި އުލިގަމުން މީހަކު  ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއިއެކު ރާއްޖޭގައި މި ބަލި ...

“ހިތުގެ އަޑިން ޒުވާނުންގެ އަޑު” ހަމްދާ ކިޔާދިނީ ހިތްދަތި އެހެނަސް މިއަދުގެ ޒުވާނުންގެ ހާލަތު

މުޅި މީސްމީޑިއާ ގުގުމާލީ ދިވެހި ޒުވާނެއްގެ އަސަރުގަދަ ވާހަކަތަކާއެކުއެވެ. އެއީ “ދަ ޑިމޮކްރެޓްސް” އިން ޖުލައި 23 ވަނަ ...

ވެލާނާ އެއާޕޯޓުގެ ވޯޓާ ފްރަންޓް ރެސްޓޯރަންޓްތައް ހުޅުވައިފި

ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓް ރެސްޓޯރަންޓްގައި ހަދާފައިވާ ފްރެންޗައިސް ރެސްޓޯރަންޓްތައް އާންމުންނަށް ...