ބަރުލަމާނީ ނިޒާމް ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީ އިސްލާހުކުރަންޖެހޭ: ރައީސް ނަޝީދު

  ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

  “އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ އެމަނިކުފާނުކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަންޖެހޭކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ 2022 ވަނަ އަހަރު ބަރުލަމާނީ ނިޒާމް ގެނެވޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށެވެ.

  “ރިޔާސީ އިންތިޚާބެއް ދިވެހިރާއްޖޭގައި ބޭއްވުން އެއީ އެންމެ ބުއްދިވެރި ކަމެއް ނޫން. ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ދިވެހިރާއްޖޭގައި ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެންނަންޖެހޭ. ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކަށް އޮތުން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް. އެގޮތުން އެ ބަދަލު ގެނައުމަށްޓަކައި 2024 ވަނަ އަހަރު އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.

  ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ޕީޕީއެމްއިން ތާއީދުކުރާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމްއިން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާނެ ވާހަކަ ބުނެފައި ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  “އެމްޑީޕީއާ ޕީޕީއެމްއާ ދެ ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދު ކޮށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފިކަމުގައި ވަނީނަމަ ޤާނޫނު އަސާސީއަށް އެ ބަދަލު ގެނެވޭނެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރާ ނިޒާމު ބަދަލްވެއްޖެނަމަ ބޮޑުވަޒީރަކު ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. އެ ހިސާބަށް ގޮއްސިނަމަ އަޅުގަނޑުގެ ނަން ބޮޑުވަޒީރުކަމަށް ހުށަހަޅާނަން އެދޭނަން” ރައީސް ނަޝީދު ވިދާޅުވިއެވެ.

  ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަން ކުރެއްވުމަށް ރައީސް ޞާލިހުއަށްވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ނަމަވެސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ވިސްނުންފުޅެއް ހުރީ ޤައުމު މިހާރު އޮތް އިޤްތިޞާދީ އަނދަވަޅުން އަރައިގަނެ، ޤައުމުގެ ހާލަތު ރަނގަޅުކޮށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްކަމަށެވެ. އަދި ނިޒާމް ބަދަލުކުރެއްވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުންކަމަށްވެސް ރައީސް އޮފީހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

  މަސްދަރު:ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޯވިޑް-ޖެހުނު އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެ

  ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން އިތުރު 3 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި ...

  ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް އިބްރާހިމް ހޮވިވަޑައިގެންފި

  ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް އިންތިޚާބުކޮށްފިއެވެ. މަޖިލީހުގެ ރައީސްގެ މަޤާމަށް ޤާސިމް ...

  ބިދޭސީންތަކެއް މީދޫގައި މީދޫ މީހަކަށް ހަމަލަދީ މާރާމާރީ ހިންގައިފި

  ބިދޭސީންތަކެއް މީދޫގައި މީދޫ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ. އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ...

  ރެއާލް ވަލަޑޮލިޑް މައްޗަށް ހަނި މޮޅެއް ހޯދައި ރެއާލްމެޑްރިޑް އެއްވަނައަށް

  ސްޕެނިޝް ލީގުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ރެއާލްމެޑްރިޑަށް ލިބިއްޖެވެ. ރެއާލްމެޑްރިޑަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބިފައިވަނީ ރޭ ރެއާލްވަލަޑޮލިޑް ...

  މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި

  އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ...

  އެސެންސިއޯ އަށް ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި

  ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި ...