ގައުމީ ބީޗް ވޮލީޓީމް ތައިލެންޑަށް ދިއުމަށް ފުރައިފި

ތައިލެންޑުގައި މިމަހުގެ 14 ވަނަދުވަހު ފަށާ އޭވީސީ ބީޗްބޯލް މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ދެ ޕެއާ މިއަދު ފުރައިފި އެވެ.

މިމުބާރާތުގައި މި ފަހަރުގެ ރާއްޖެއިން ބައިވެރިވާ ދެ ޕެއާ އަކީ ކުޑަކާއްޓޭ އާއި އައްކަޅޭ ގެ ޕެއާ ، އާއި  ޝިއުނާޒް އާއި މުހައްމަދު އަލީގެ ޕެއާ އެވެ.

ބީޗް ވޮލީބޯޅަ ޓީމު މިއަދު ތައިލެންޑަށް ފުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް މުހައްމަދު ލަތީފް ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމަށް ހިތްވަރު ދީފަ އެވެ.

ކުޑަކާއްޓޭ އާއި އައްކަޅޭ މި ފަހަރު ބީޗް ވޮލީބޯޅަ ޓީމަށް ކުޅޭއިރު، ސީނިއާ ގައުމީ ވޮލީޓީމު މިހާރު އަންނަނީ މި މަހު 19 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން ތައިލެންޑު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުންނެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުގައި ކާއްޓޭ ނުހިމެނުނީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލާ އަށް ވަގުތުދޭން ބޭނުންވާތީ ހުރިހާ ޕްރެކްޓިހެއްގައި ބައިވެރިވެވެންނެތްކަމަށް ބުނެއެވެ.

ބީޗް ވޮލީބޯޅަ ޓީމާއެކު ކޯޗެއްގެ ގޮތުގައި ތައިލެންޑަށް ގޮސްފައިވަނީ  ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަޝީދު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި

ފީފާ ވޯލްޑްކަޕް 2022 ގައި މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި ...

މީދޫ ޒުވާނުންގެ ” ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި

މީދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ހަވީރު ފަށައިފި އެވެ މީދޫ ...

ދިރާގާއި މީޑިއާނެޓުން ވޯލްޑްކަޕް ދައްކާނެ

ރަޝިއާގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މި ސަރަހައްދުގެ އޮފިޝަލް ބްރޯޑްކާސްޓަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ...