“ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީން

އޮސްޓްރިއާގެ ރިސަރޗް ފާރމްއެއްކަމަށްވާ “ސްޓެޓިސްޓިކާ އިންކް” އިން އެކުލަވާލި “ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހިމެނިއްޖެއެވެ.

ކޮރަޕްޓް އިންޑެކްސްއާ، އިޤްތިޞާދީ މަސައްކަތްތަކުގެ އިތުރުން ބޭރުގެ ޤައުމުތަކާ އޮންނަ ގުޅުމާ އެނޫންވެސް މުހިންމު ކަންކަމުގެ މައްޗަށް ކުރި މިރިސަރޗަށްފަހު އެންމެ މޮޅު ނުވަތަ އެންމެ ރަނގަޅު 10 ރައީސެއްގެ ނަން ވަނީ އާންމުކޮށްފައެވެ.

އެގޮތުން މިލިސްޓު ތަރުތީބުން ތިރީގައި ހިމަނާލާނަމެވެ.

  • ރޮޑްރިގޯ ޑުޓަރޓޭ – ފިލިޕިންސްގެ ރައީސް
  • ޝީ ޖިންގް ޕިން – ޗައިނާގެ ރައީސް
  • ޖަސްޓިން ޓްރޫޑައު – ކެނެޑާގެ ރައީސް
  • ލާރސް ލޯކޭ ރަސްމުސެން – ޑެންމަރކްގެ ރައީސް
  • ފްރޭންކް ވޯލްޓަރ ސްޓެއިންމިއަރ – ޖަރމަނީގެ ރައީސް
  • ވްލަޑިމިއަރ ޕުޓިން – ރަޝިއާގެ ރައީސް
  • ޖޯން މަގުފުލި – ތަންޒިއާގެ ރައީސް
  • ރެއުވެން ރިވްލިން – އިޒްރާއީލުގެ ރައީސް
  • އަބްދުﷲ ޔާމީން – ދިވެހިރާއްޖޭގެ ރައީސް
  • ޚަލިފާ ބިން ޒައިދް އަލް ނަހްޔާން – ޔޫއޭއީގެ ރައީސް

މިލިސްޓު އެކުލަވާލުމުގައި ބަލާފައިވަނީ މިހާރު ވެރިކަމުގައި ތިއްބެވި ރައީސުންނާ ބޮޑުވަޒީރުންނަށްކަމަށް ސްޓެޓިސްޓިކާއިން ވަނީ ބުނެފައެވެ.

މިލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީންގެ ނަން ހިމެނިފައިވާއިރު މީގެ ކުރިންވެސް އެންމެ މަޤްބޫލު ރައީސުންގެ ލިސްޓުން އެމަނިކުފާނު ވަނީ ޖާގަ ހޯއްދަވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އިންޑިޔާއިން ތިން ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިޔާގެ ކެރެލާ ސްޓޭޓުން ތިން ދިވެހިން ހައްޔަރުކޮށްފިއެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 17 ...

ރައީސް ޔާމީން، ޑރ.މަޖީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއަށް ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 28  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...