ބިރުދައްކާ މަރުގެ އިންޒާރު ދިނަސް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތް: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ 2018 ސެޕްޓެމްބަރު 23 ވީ އާދީއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިޚާބު ތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް އާންމު ކުރެވުނު އިންތިޚާބަށް ވެފައި، އަދި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ގޮތުގައި ކެނޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ބައިނަލްއަޤަވާމީ އޮބްޒާވަރުންނާއި، އަދި މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބަލައިގަނެފައިވާ އިންތިޚާބެއް ކަމަށެވެ.

“އެހެންނަމަވެސް، ރަސްމީ ސިފައެއްގައި މި އިންތިޚާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާ ގުޅޭ އެއްވެސް ޝަކުވާއެއް މިއަދާއި ހަމައަށް ހުށަހެޅިފައިނުވާއިރު، ކޮމިޝަނުގެ މެމްބަރުންގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމުތައް އަޅުވައި، އިންތިޚާބުގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުގެ ގޮތުން އެކި ފަރާތްތަކުން ކެނޑިނޭޅި ތަފާތު މަސައްކަތް ދަނީ ކުރަމުންނެވެ” އިލެކްޝަންސްގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މީސް މީޑިއާގައާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކޮމިޝަނުގެ ރައީސް އާއި މެމްބަރުންނާއި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލާއި މުވައްޒަފުންނަށް ބިރުދައްކާ، މަރުގެ އިންޒާރުދީ ހަދަމުންދާ ކަމަށެވެ.

“މި ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުން މަސައްކަތްތަކާ ގުޅިގެން އަމަލުކުރަމުން ދާނީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށެވެ” އިލެކްޝަންސްގެ ބަޔާނުގައި ވެއެވެ.

ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ ދަށު ދަރަޖައިގެ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މި ހިނދުން މި ހިނދަށް ހުއްޓާލުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި ...

ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ...

ކޮމަންވެލްތް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން “ކޮމަންވެލްތު ސްކޮލާޝިޕް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ...