ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓަރގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފި

    advertisement

    އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައިފިއެެވެ.

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު އައްޑޫސިޓީ މީދޫގައި ކޮމިއުނިޓީ ޕާކެއްހެދުން- ފޮޓޯ ބީއެމްއެލް

    މި ގޮތުން ހޮވުނު ފަސް ޕްރޮޖެކްޓަކީ:

    1. ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން – ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
    2. ށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން – ޅައިމަގު އެކުވެރިންގެ ރޫހު
    3. ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން – –އިބްރާހިމް ނިޔާޒް
    4. ގދ. ފިޔޯރީގައި އައުޓްޑޯރ ކޮމިއުނިޓީ ލައިބްރަރީއެއް ހެދުން –- ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމެންޓް
    5. އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ހެދުން – އިބްރާހިމް އާތިފް

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ލ.ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓް ހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުން – ފޮޓޯ ބީއެމްއެލް

    ” އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް އަޅުގަނޑުމެންނަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ. މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 50 ރަށެއްގައި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ނުހަނު ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ކޮވިޑް-19 އާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. ”

    ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ށ. ޅައިމަގުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން- ފޮޓޯ ބީއެމްއެލް

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

    އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ހދ. ހަނިމާދޫ ސްކޫލްގައި ލައިބްރަރީއެއް ހެދުން:  ފޮޓޯ ބީއެމްއެލް

    ޚަބަރާއި ގުޅޭ ފޮޓޯތައް: ބީއެމްއެލް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

    ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 ...

    ފެނަކައިގެ އާއިލާތަކަށް ޚާއްސަކޮށްގެން ޤުރުއާން މުބާރާތެއް ފަށައިފި

    ފެނަކަ ކޯޕަރޭޝަންސް ލިމިޓެޑުން އެ ކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތް ...

    ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި

    ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި ...

    ގަލަސަތަރާއީގެ ކޯޗާއި ނާއިބް ރައީސް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

    ތުރުކީގެ ގަލަސަތަރާއީގެ ކޯޗް ފާތިފް ތެރިންމާއާއި ނާއިބްރައީސް އަބްދުއްރަހީމް އަލްބާރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެވެ. ހޯމަދުވަހުގެ ވަގުތެއްގައި ...

    ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އިސްތިއުނާފްކޮށްފި

    ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ. ރައީސް ޔާމީންގެ އެކައުންޓްތަކުން ...