ބީއެމްއެލް ހުޅުމީދޫ ބްރާންޗްގައި ސެލްފް ސާރވިސް ބޭންކިން އޭޓީއެމް ގާއިމްކޮށްފި

    ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސީނު ހުޅުމީދޫ ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއެއް ބަހައްޓާ އެ އޭޓީއެމް އިން ހިދުމަތް ދޭން ފަށައިފި އެވެ.

    ރާއްޖޭގެ ސަރަހައްދުތަކަށް ބީއެމްއެލްގެ ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަތް ބީއެމްއެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ބީއެމްއެލް އިން  ސެލްފް ސާވިސް ބޭންކިންގ ގެ ޚިދުމަތް ލިބޭ އޭޓީއެމްއެއް  ހުޅުމީދޫ ބްރާންޗްގައި ބަހައްޓާ އެ އޭޓީއެމުން ހިދުމަތް ހުޅުމީދޫގައި ދޭން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

    އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް އަލަށް ބޭނުން ކުރަން ފެށުނު އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ރައީސް ޔާމީން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގިކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

    ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ...

    ކޮވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވްވެ 37 މީހުން ރަނގަޅުވެއްޖެ

    ރާއްޖެއިން މިއަދުވެސް ކޮވިޑް-19އަށް އިތުރު 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި ...

    ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ނެތް: ރައީސް ސޯލިހް

    ކޮރޯނާ ވައިރަހަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ...

    ޤާނޫނު ތަންފީޒު ކުރެވޭނީ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ޤާބިލް މީހުން އިންތިޚާބް ކޮށްގެން – އެލްޖީއޭ

    ލާމަރުކަޒީ ޤާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިޙާބް ކުރުމުގައި ޤާބިލް ...

    ކޯވިޑް-19 : އައްޑޫސިޓީ ގުޅިފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުން މަނާ

    އައްޑޫގެ އަވަށްތަކުގެ މީހުން  އެއްއަވަށުން އަނެއް އަވަށަށް  ނުދެވޭ ގޮތަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫސިޓީ ކައުންސިލުން މިގޮތައް ...

    މިއަދު މީދޫއާއި ހުޅުދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

    މިއަދު ( 25 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )  މީދޫ އާއި ހުޅުދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ...