ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަނީ

ކޮވިޑް-19 ފެތުރެން މަދުކުރުމަށްޓަކައި، ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓް އަދި ގާޑިޔާ ފަދަ ތަންތަނުގެ ހިދުމަތް ދިނުން މެދުކަނޑާލަން ނިންމައިފި ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ހާމަކޮށްފިއެވެ.

އެ ރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމަން ދެން އެ ތަންތަނުގެ ހިދުމަތް އެ ރަށަކުން ނުލިބޭނެ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރީ، އެއް މަސް ދުވަހަށެވެ.

މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ވެސް އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވެސް އަންނަ ހަފްތާގެ ނިޔަލަށް ވަނީ ބަންދުކޮށްފަ އެވެ.

މި މަހުގެ 7 ވަނަ ދުވަހު މި ބަލި ރާއްޖެއިން ފެނުނު ފަހުން 13 މީހަކު ވަނީ ޕޮޓިވްވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އަނެއްކާވެސް އިތުރު 14 މީހަކު ޕޮޒިޓިވް

ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 ...

ފެނަކައިގެ 1800އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓްވަނީ ހަމަވެފައި

ފެނަކަ ކޯޕަރޭޝަންގައި ވަޒީފާ އަދާކުރަމުންދިޔަ 1800 އަށްވުރެ ގިނަ މުވައްޒަފުންގެ ކޮންޓްރެކްޓް ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ...

2 ވަނަ ބުރައް ތައްޔާރުވާން ފަށައިފިން، ބަޔަކާއި ގުޅެން ޖެހޭނެ: ރައީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށާއި، އެހެންބަޔަކާއި ގުޅިވަޑައިގަންނަވަން ޖެހޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ...