ކެނެރީފުން ވަރުގަދަ ރިސޯޓްބޯއިސް މޮޅުވިޔަނުދީ ހިފަހައްޓައިފި

މިހާރު ހުޅުދޫގައި ކުރިއަށްދާ މިނިވަންކަޕް ފުޓްސަލް  މުބާރާތުގައި ރޭ ކުޅެވުނު މެޗު ވާދަވެރި ، ފޯރިގަދަ ކުޅުމަކަށްފަހު އެއްވަރުވެގެން ނިމިއްޖެވެ.

9 ޓީމްް ބައިވެރިވެފައިވާ މި މުބާރާތް 2 ގްރޫޕަކަށް ބަހާލެވިގެން ކުރިއަށް ގެންދެވޭއިރު ރޭގެ މެޗަކީ ގްރޫޕް – ބީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ކެނެރީފާއި މިމުބާރާތުގައި ބައިވެރި އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގެ ބަލަމުން އަންނަ ރިސޯޓް ބޯއިސް ބައްދަލުކޮށް ކުޅެވުނު މެޗެވެ.

މިމެޗުފެށުމުގެ ކުރިންވެސް ގިނަބަޔަކު އުއްމީދުކުރަމުން ދިޔައީ ރޭގެެ މެޗު ހުރިހާ ގޮތަކުންވެސް ތަފާތު މެޗަކަށް ވެގެން ދާނެކަމަށެވެ. ސަބަބަކީ ރިސޯޓްބޯއިސް ޓީމުގައި ރާއްޖޭގެ ނަން މަޝްހޫރު މޮޅު ކުޅުންތެރީން ހިމެނޭތީއެވެ. ރޭގެ މެޗުވެގެން ދިޔައީވެސް ހުޅުމީދޫގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ހީކުރިފަދައިން މިހާތަނަށް މި މުބާރާތުގައި ކުޅެވުނު އެންމެތަފާތު މެޗުގެ ގޮތުގައެވެ.

ރޭގެ މެޗުގައި ޖުމުލަ 6 ގޯލު ފެނިގެން ދިޔައިރު ރޭގެ މެޗްގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 3 ލަނޑު 1 ލަނޑުން ރިސޯޓް ބޯއިސް ލީޑުގައި އޮވެގެންނެވެ.

އެހެން ނަމަވެސް މިމެޗްގެ ދެވަނަ ހާފްގެ ކުޅުމުގައި ކެނެރީފުން 2 ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާވަނީ 3-3 އަށް ވަނީ ބަދަލުކޮށްފައެވެ. އަދި މިމެޗް ނިމިގެންގޮސްފައިވަނީވެސް 3 ލަނޑު 3 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މިމެޗްގައި ރިސޯޓްބޯއިސް ޓީމުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު ޔާއްޓޭ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައްޔައެވެ.

މިމެޗްގައި ކެނެރީފުން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު އާލިއްޕެ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިންޝާލްއެވެ

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓްބޯއިސް ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ޔާއްޓޭއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮލިސްކަޕް 2019: ޗެމްޕިއަންކަން ރެފިއުޖީއަށް – އެންމެ މޮޅު ކުޅުންތެރިއަކަށް ލިރު – ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް އިއްމެ

ޕޮލިސްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ޓީމް ރެފިއުޖީ އުފުލާލައިފި އެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން  އިންތިޒާމްކޮށްގެން ފިތުރު އީދު ...

އިހަވަންދޫ އިޖްތިމާއީ މަރުކަޒު ނިމިއްޖެ- 31 މަރުކަޒެއްގެ މަސައްކަތް ކުރިއަށް

ބާރުވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން ...

ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް

މިހާރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގެ ފައިނަލަށް ޔުނައިޓެޑް ...