ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ޗެލްސީން ކަށަވަރުކޮށްދީފައިވާއިރު  ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓްވި އެންމެން މިހާރު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށްވެސް ޗެލްސީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް  އަށް ޕޮޒިޓިވްވިއިރު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އާސެނަލުން ބްރައިޓަންއާ ބައްދަލުކުރަން އޮތް މެޗު މިހާރު ވަނީ ފަސްކޮށްފައެވެ. އަދި މިއަދުގެ ވަގުތެއްގައި މި ހަފުތާގައި ކުޅެން ހުރި ޕްރިމިއާލީގުގެ  ހުރިހާ މެޗަކާއި މެދު އިނގިރޭސި އެފްއޭ އިން ވަކި ގޮތެއް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ކޮރޯނާވައިރަސް  ފެތުރެމުންދާއިރު، މީގެ ކުރިން ވަނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ބެންޖަމިން މެންޑީ އާއި ލެސްޓާ ސިޓީގެ ތިން ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ގޮސްފައެވެ. އަދި އިޓާލިއަން ލީގުގެ ދެ ކުޅުންތެރިއަކުވެސް  މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. .

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް- ފުރަތަމަ މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކްލަބު ލޮތާރިން ކާމިޔާބުކޮށްފި

ކްލަބް ލޮތާރިން ފާހި ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފި އެވެ. ” މިނިވަންކަޕް 2022 ޔޫތު ...

ނައިބު ރައީސް ފައިސަލް އައްޑޫ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ފައިސަލް ނަސީމް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގެ ...

ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މާދިހު އިސްމާއީލް ...