ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު އައްޔަން ކުރައްވައިފިއެވެ.

    ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވާފައިވާއިރު، އެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ އެމަގާމުން މިއަދުގެ ވަގުތެއްގައި ވަކިކޮށްފައެވެ.

    ޝަމާލު އަކީ، 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބާރާއި އަމުރުވެރިކަން ނަފީކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަޒީފާއިން ވަކިކުރެއްވި ބޭކަލެކެވެ.

    ނަމަވެސް އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާއަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

    އި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޝަމާލު ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކި ކޮބައިކަން ބަޔާން ކުރުމެއް ނެތި ކަމަށާއި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް ވަރަކަށް އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ.

    އެހެންކަމުން، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަހުގެ ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެއެވެ.

    އޭގެ އިތުރުން ހިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ހިދުމަތުގެ މުއްދަތުގެ ގޮތުގައި ގުނުމަށާއި މަގާމުގެ ކުރިއރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި އަމުރުކޮށްފައިވެއެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކުޅުދުއްފުށީ މައްސަލަ ހައްލު ކުރުމަށް ނިމްސްއަށް 10 ދުވަހުގެ މުއްދަތެއް ދީފި- މިނިސްޓަރ ނާޒިމް

    ހދ.ކުޅުދުއްފުށީ ހޮސްޕިޓަލްގެ ތަރައްޤީގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އާއި އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ޖެހުނު ...

    ބަރުލަމާނީ ނިޒާމް ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީ އިސްލާހުކުރަންޖެހޭ: ރައީސް ނަޝީދު

    ބަރުލަމާނީ ނިޒާމު ގެންނަން އަންނަ އަހަރު ޤާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަކީ ބޭނުންތެރިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ...

    ގައުމު ސްޓްރީޓް ކަޕް : މަންތަރަ އާއި ހަބޭސްގެ ކުރިމަތިލުމުން ހަބޭސް ކުރި ހޯދައިފި

    ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކުގެ ...

    ގައުމު ސްޓްރީޓް ކަޕް – ލޮތަރި އާއި ރިވެރިންގެ ކުރިމަތިލުން- ފައިނަލްމެޗު މިރޭ

    ގައުމު ސްޓްރީޓްގެ ނަމުގައި މީދޫގައި ބާއްވަމުން އައި  ސްޓްރީޓް ކަޕް ފުޓްބޯޅަ  މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. ...

    ޔޫރޯ 2020: ވޭލްސް ބަލިކޮށް ޑެންމާކް ކުއާޓަރ ފައިނަލަށް

    ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ޑެންމާކް ކުއާޓާފައިނަލަށް ދަތުރު ކޮށްފިއެވެ. ...

    ކޯވިޑް-19: އިޓަލީ 2 ދެ މީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ފުރިފަހުން

    ރާއްޖެއިން  ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ...