ކޮކާ ކޯލާ ކުންފުނި ކްލަސްޓާ އަދި ކޯވިޑް ވިލެޖް ކްލަސްޓާ : އެންމެ ބޮޑު ދެ ކްލަސްޓާ

އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދުވަހެވެ. މިގޮތުން އިއްޔެ އެކަނި 188 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

މި 188 މީހުންގެ ތެރެއިން 165 މީހުންނަކީ އެންމެ ދެ ކްލަސްޓާއަކަށް ނިސްބަތްވާ މީހުންނެވެ. އެއީ ކޯވިޑް ވިލެޖާ ގުޅުންހުރި ކްލަސްޓާ (ސީއޯވީ ކްލަސްޓާ) އަދި ކޮކާ ކޯލާ ކުންފުންފުންޏާ ގުޅުންހުރި ކްލަސްޓާ (ސީސީސީ ކްލަސްޓާ) އެވެ.

މި ކްލަސްޓާއަށް ވަކިން ބަލާލާއިރު ކޯވިޑް ވިލެޖާ   ( ސީއޯވީ ކްލަސްޓާ ) އިން އިއްޔެ 95 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ކޮކާ ކޯލާ ކުންފުންފުންޏާ ގުޅުންހުރި ކްލަސްޓާ  ( ސީސީސީ ކްލަސްޓާ ) އިން 72 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މި ދެ ކްލަސްޓާގައިވެސް ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ 32 މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެމީހެކެވެ. ދެންތިބި އެންމެން ނިސްބަތްވަނީ ބަންގްލަދޭޝަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި މިސްކިތް ނައިބު ރައީސް ހުޅުވައިދެއްވައިފި

އައްޑޫސިޓީގެ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް މަސްޖިދުލް ވާލިދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހުޅުވައިދެއްވައިފިއެވެ. މިއަދު ...

ފައިނުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކޮށްފި

ފައިނުން ބަންޑާރަ ގޯތި ދޫކުރުމަށް މިދިޔަ އަހަރު ފައިނު ކައުންސިލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ...

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ...