ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ

  ބްރެޒިލް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި  ޕެރޫ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ. .

  ބްރެޒިލުގެ އެސްޓާޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމުގައި ކުޅުނު މިމެޗްގައި ބްރެޒިލުން ކާމިޔާބުކުރި ލަނޑު މެޗްގެ 35 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕަކްއެޓާއެވެ. ޕަކްއެޓާގެ މިލަނޑަކީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕަކްއެޓާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

  މިލަނޑަށްފަހުވެސް ފުރަތަމަ ހާފްގައި ބްރެޒިލުން ވަނީ މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.

  އަދި ފުރަތަމަ ހާފް ނިމިގެންދިޔައީވެސް 1-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރިހޯދައިގެންނެވެ

  ދެވަނަ ހާފުގެ ކުޅުމުގައި  ޕެރޫއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެހެންނަމަވެސް މެޗް ނިމިގެން ގޮސްފައިވަނީ އެއިން ފުރުސަތެއްގެ ބޭނުން ނުކުރެވި 1-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެގެންނެވެ.

  ގުރޫޕު ސްޓޭޖުގައި މިދެޓީމް ބައްދަލުކުރިމެޗް 4-0 އިން ޕެރޫ ބަލި ކުރި ނަމަވެސް، ސެމީ ފައިނަލުގައި ޕެރޫގެ ފަރާތުން ބްރެޒިލަށް ވަރުގަދަ ޗެލެންޖެއް ވަނީ ދީފައެވެ.

  ފައިނަލުގައި ބްރެޒިލް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އިން ކޮލަމްބިއާ ދެކޮޅަށް މާދަމާ ހެނދުނު ކުޅޭ ސެމީގެ މެޗުން މޮޅުވާ ޓީމަކާއެވެ. މިމެޗްގެ ކުޅުން ފަށާނީ ރާއްޖޭގެ ގަޑިން މާދަމާ ހެނދުނު 6:00 ގައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ހުޅުދޫ ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

  ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ހުޅުދޫގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ...

  އައްޑޫސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

   އައްޑޫ ސިޓީގެ ހިތަދޫން މިއަދުވެސް އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. މި7 މީހުންގެ ...

  އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

  އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

  އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

  ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ކޮޅުނބުގައި ބައްދަލު ކުރުމަށްފަހު ރާއްޖެ ބާރުގެ ބޭނުންކޮށްގެން ހިފުމަށް އިންޑިއާގެ ރާޖަ ސަބާގެ ...

  ކޯވިޑް-19 : މިއަދު 148 މީހުން ޕޮޒިޓިވް ވެއްޖެ

  ރާއްޖެއިން އިތުރު 148 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 4594އަށް އިތުރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ...

  ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަކޮށްގެން ތިބެވޭ ޙާލަތުގައެއް ނޫން – ހެލްތު މިނިސްޓަރ

  ކޮރޯނާވައިރަހުގެ ޙާލަތު އަދި އޮތީ ވަރިހަމަވެގެން އެއްވެސް ބަޔަކު ތިބޭފަދަ ޙާލަތެއްގައި ނޫންކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ...