ކޮޕާ އެމެރިކާ : މެސީގެ މޮޅުކުޅުމާއިއެކު އާޖެންޓީނާއަށް ފުރަތަމަ މޮޅު

    advertisement

    ބުރެޒިލުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ މޮޅުކުޅުމާއިއެކު މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް އާޖެންޓީނާއިން މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

    މިއަދުގެ މެޗުން އާޖެންޓީނާ މޮޅުވި ނަމަވެސް އެޓީމުން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުންވަނީ ޗިލީއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ.

    ބުރެޒިލުގެ އެސްޓަޑިއޯ ނަސިއޮނާލް ސްޓޭޑިއަމްގައި ރާއްޖޭގަޑިން ފަތިހު 5.00 ގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުން ވެސް އެޓޭކިންގ ގޭމެއް ކުޅެފައިވާއިރު އާޖެންޓީނާ އިން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 13 ވަނަ މިނިޓްގައެވެ.

    ކޯނަރަކުން ރޮޑްރީގޯ ޑެ ޕޯލް އަވަސްކޮށްލާފައި ލިއޮނަލް މެސީ އަށް ދިން ބޯޅަ މެސީ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ގީޑޯ ރޮޑްރީގޭޒް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ

    މި މެޗުގައި އާޖެންޓީނާއަށް ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް ލިބުނު ނަމަވެސް އެ ހަމަލާތައްވަނީ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްލޭރާ ދިފާއުކޮށްފައެވެ. އަނެއްކޮޅުން އުރުގުއޭގެ ތަޖުރިބާކާރު ދެ ފޯރވާޑުންކަމަށްވާ ކަވާނީ އާއި ލުއިސް ސުއަރޭޒް ވެސް ވަނީ އާޖެންޓީނާގެ ގޯލަށް ބާރު ބޮޑުކުރެވޭތޯ ބަލާފައެވެ. ނަމަވެސް މިއިން އެއްވެސް ކުޅުންތެރިއަކަށް އާޖެންޓީނާގެ ގޯލަށް ބޯޅަ ވައްދާލެވޭގޮތެއް ނުވިއެވެ.

    މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕެއްގައިވެސް ފަސް ޓީމު ވާދަކުރާއިރު، މީގެ ތެރެއިން ހަތަރު ޓީމެއް އަނެއް ބުރަށް ހޮވޭނެ އެވެ. މިވަގުތައްބަލާއިރު  ގްރޫޕް އޭގެ އެއް 1 ވަނާގައި އޮތީ ބޮލިވިއާ އަތުން 1-0 އިން މޮޅުވެ 4 ޕޮއިންޓާއި އެކު ޗިލީ އެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ގޯލުގެ ތަފާތުން އާޖެންޓީނާ އޮތީ 2 ވަނާގައެވެ. ދެ މެޗުން ތިން ޕޮއިންޓާ އެކު ތިން ވަނައިގައި ޕެރަގުއޭ އޮތްއިރު، ހަތަރެއްގައި އޮތް އުރުގުއޭ އާއި ފަސް ވަނައިގައި އޮތް ބޮލިވިއާ އަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

    މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އެފްއޭކަޕް ޗެމްޕިއަންސް ލެސްޓާގެ ދެ ކުޅުންތެރިން ވިހުރުވާލީ ފަލަސްތީނު ދިދަ

    މަތީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ އިގިރޭސި އެފްއެޭ ކަޕްގެ ފައިނަލް މެޗަށް ފަހު ލެސްޓާސިޓީގެ ފްރާންސްގެ 21 އަހަރުންދަށުގެ ގައުމީ ...

    ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗްތަކުގެ ގުރުއަތުލުން ބާއްވައިފި

    ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން މޮނާކޯގައި ބާއްވައިފިއެވެ. ރޭ ބޭއްވުނު  ގުރުނެގުމުގެ ރަސްމިއްޔާތުގައި ގުރުނަގައިދިނީ އޭސީ މިލާނާ އެކު ޗެމްޕިއަންސް ...

    ބިރުދައްކާ މަރުގެ އިންޒާރު ދިނަސް ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތް: އިލެކްޝަންސް

    އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަނުގެ މުވައްޒަފުން ދެމި ތިބޭނެކަމުގެ ޔަޤީންކަން ...

    ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން ހާމަވެއްޖެ- ޑރ. އަފްޒަލް

    ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ދެމުން ގެންދިޔަ އިރުޝާދުތަކަށް އާއްމުން ބޯ ނުލަބާކަން މާލެން ...

    ކޮވިޑް-19: މާލެން އައްޑޫ އަށް ކަރަންޓީނަށް އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    މާލެއިން އައްޑޫ އަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްއީއޯސީން ...

    ޕެނަލްޓީ ޖަހައިގެން ކޮލޮމްބިޔާ ބަލިކޮށް ޗިލީ ސެމީއަށް

    ޕެނަލްޓީ ޖަހައިގެން ކޮލޮމްބިޔާ ބަލިކޮށް، ކޮޕަ އެމެރިކާގެ ސެމީ ފައިނަލުން، ޗިލީ ޖާގަ ހޯދައިފި އެވެ. އެންމެ ފަހުން ...