ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ- ރައީސް ސޯލިހު

Advertisement

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހްކުރާނެކަމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވައިފިއެވެ.

މިފަދަ ސިގްނަލެއް ރައީސް ސާލިހް ދެއްވާފައިވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައެވެ.

ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށާ އަދި ފަނޑިޔާރުގެ އިސްލާހްކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައްކަމުގައި ރައީސް ސޯލިހުގެ ރިޔާސީބަޔާނުގައި ހާމަކޮށްފައިވެއެވެ.

އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަޑައިގެން ތިއްބެވި މިރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ ރައްޔިތުންނަށް އިންސާފު ލިބޭނެކަން ޔަގީންކޮށްދޭންޖެހޭކަމަށެވެ.

ފަނޑިޔާރުގެ އިސްލާހްކުރުމުގެ ބާރުގަދަ ސިގްނަލް ރައީސް ސޯލިހު ދެއްވިއިރު އެމަނިކުފާނުގެ ޕާޓީ އެމްޑީޕީންވަނީ ފަނޑިޔާރުގެ އިސްލާހްކުރާނެގޮތުގެ އެޖެންޑާއެއް ނުވަތަ އެޕާޓީން ރާވާފައިވާގޮތުގެ ތަފްސީލުވެސް މިދިޔަ ހަފްތާގެ ތެރޭގައި ހާމަކޮށްފައެވެ.

Advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑާ ގުޅިގެން ދިން އާސަންދަ ލުއިތައް އުވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އާސަންދަ ސްކީމްގެ ހިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ. އާސަންދައިން ބުނީ ކޮވިޑް-19 އާ ...

އާޒިމްގެ ރައްދު އިޔާޟަށް: ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުމަކީ ކޮންކަހަލަ ކަމެއްތޯ

ސިޔާސީ ބޭނުމަށް ދީން ބޭނުންކުރުން މީ ކޮންކަހަލަ ކަމެއްތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ޑރ.މުޙައްމަދު ...

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – މިފްކޯ ކަޓުވާލުމަށްފަހު ހުޅުދޫ ޔޫތު ފައިނަލަށް  

އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ދެވަނަމެޗް ކާމިޔާބުކޮށް ހުޅުދޫ ޔޫތު ފައިނަލަށް ދަތުރުކޮށްފިއެވެ. ހުޅުދޫ ޔޫތު މިމުބާރާތުގެ ...