ކޮވިޑް-19 : 112 ދިވެހީންނާއެކު އިއްޔެ ބަލި ޖެހުން މީހުންގެ ޢަދަދަކީ 125

    ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8486 އަށް އަރައިފިއެވެ.

    ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 106 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

    ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 5 މީހަކާއި، އިންޑިއާގެ 5 މީހަކާއި، ލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8486 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5333 މީހުންނަކީ ދިވެހިންނެވެ. އަދި 3163 މީހުންނަކީ ބިދޭސީންނެވެ.

    ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 180 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5822 އަށް އަރާފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

    ރާއްޖޭގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2629 އަށް އަރާފައިވާއިރު، 1235 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 168 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

    އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 4 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 2 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 151 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 4 މީހަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ބ. އޭދަފުށީގައި ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

    ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް  ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1076 ސާމްޕަލެއް ވަނީ ނަގާފައެވެ.

    އެޗް.ޕީ.އޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 38 ރަށަކުންނާއި، 20 ރިސޯޓަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 17 ފަތުރުވެރިއަކާއި، 45 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 111 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 103 ދިވެއްސަކާއި 8 ބިދޭސީންނެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެއްޔެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އިންފުލުއެންޒާއަކީ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅިއްޖެނަމަ ފުރާނައަށް ނުރައްވާވާފަދަ ވައިރަހެއް

    އިންފުލެންއެންޒާއަކީ  އިންފުލެއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިފުސް ރޯގާފަދަ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކަކީ ހުންއައުމާ ، ކެއްސުމާއި ކަރުގައި ...

    މާލޭ ސިޓީ މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނަގަނީ

    މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގުން މިއަދަށް ތާވަލުކޮށްފިއެވެ. މާފަންނު އުތުރު ...

    ކޯވިޑް-19 : މާލެއިން ރަށަށް ދިއުމަކީ މިވަގުތު ކޮށްގެންވާނެ ކަމެއްނޫން

    ތަފާތު އެކި ބޭނުންތަކުގައި މާލެއައިސް ރަށްރަށް ނުދެވިތިބި މީހުންވެސް މިވަގުތު ރަށްރަށަށް ދިއުމުގެ ވިސްނުން ނުގެން ގުޅުއްވުމަށް ހެލްތް ...

    ދެއްކުމުގެ ލައިސަންސް ނެތް ޗެނަލްތައް ދައްކާނަމަ ރިޕޯޓް ކުރުމަށް އެމްބީސީން އެދިއްޖެ

    ވޯލްޑް ކަޕްގެ މެޗްތައް ދެއްކުމުގެ ލައިސަންސް ނެތް ފަރާތްތަކުން، ހުއްދަ ނެތް ޗެނަލްތައް ނުދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ...

    ދުވާފަރުން 3 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރަށް ލޮކްޑައުން ކޮށްފި

    މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވްވެ، ބަލި ފެތުރުން ...

    އުއްތަމަ ފަނޑިޔާރު 4 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

    ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު ...