ކޯވިޑް-19 : އައްޑޫއާއި ފުވައްމުލަކުގެ 100 މީހަކު ހޯމް ކަރަންޓީނަށް މަދަމާ، 100 ފުރުވާލަނީ

    ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 މީހަކު މަދަމާ ފުރުވާލުމަށް ހަމަޖެހިފައިވާކަމުގައި އެލްޖީއޭއިން ހާމަކޮށްފިއެވެ.

    ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ 50 މީހަކާއި، ފުވައްމުލައް ސިޓީގެ 50 މީހެއްކަމަށެވެ. މީގެ ތެރެއިން އައްޑުއަށްދާ މީހުން މިއަދު ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަމަށާ، ފުވައްމުލަކަށްދާ މީހުން މާދަމާ ހެނދުނު ޓެސްޓްކުރަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

    ރަށްރަށަށް ދާންބޭނުންވެފައިވާ މީހުންގެ ތެރެއިން 42 މީހަކު ރޭވެސްވަނީ އައްޑުއަށް ފުރުވާލާފައެވެ. މާލެއިން ރަށްރަށަށް ދިއުމަށް ނޯޓްކުރި މީހުންގެ ތެރެއިން ހޯމް ކަރަންޓީނަށް ގެންދަންޖެހޭ 2369 މީހަކު ތިބިކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ރަށްރަށަށް ދާންބޭނުންވި މީހުންގެ ތެރެއިން 3061 މީހަކު ރިސޯޓް ކަރަންޓިން ފެސިލިޓީސްތަކަށް ގެންދެވި 628 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓްކޮށް ރަށްރަށަށް ގެންގޮސްފައިވާކަމަށެވެ.

    ކޯވިޑް-19އާ ގުޅިގެން މާލެއިން، ފުރަބަންދުގައިވާ މީހުން ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީނުކުރާނެ އުސޫލެއް އެކުލަވާލައި މިހާރުވަނީ އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ބައެއް ކަންކަން މަތިކޮށްފައިވެއެވެ.

    ހޯމް ކަރަންޓީނާ ގުޅިގެން އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައި ބުނެފައިވަނީ ރަށަށްގޮސް މީހަކު ކަރަންޓީނުވާ ގެއެއްގައި ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި މާބަނޑުމީހަކު އުޅެގެންނުވާނެ ކަމަށެވެ. މީގެއިތުރުން ތަފާތު އެކިބަލިތަކުގެ ތެރެއިން ނޭވާ ހިއްލުމާއި، ކިޑްނީގެ ބަލި ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ހީމޯގްލޯބިން ޑިސްއޯޑާރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި މީހަކު ހުރި ގެއަކަށް ވެގެން ނުވާނެއެވެ.

    ރަށްރަށަށް ގޮސް ގޭގައި ކަަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. އަދި 24 ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުއެވެ.

    މަސްދަރު: ޕީއެސްއެމްނިއުސް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ދައުލަތުގެ ވެރިންގެ މުސާރަތައް މިއަހަރުގެ ނިޔަލަށް ކޮށާލަންޖެހޭ – ޒަރިޔަންދު

    ދައުލަތުގެ ވެރިންގެ މުސާރަތައް މި އަހަރުގެ ނިޔަލަށް “ކޮށާލަން” ޖެހޭކަމަށް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ. ...

    ކޯވިޑް-19 : ހިންމަފުށި ރިހެބުން 3 މީހަކު ޕޮޒިޓީވްވެެ އެ ރަށް މޮނިޓަރިންގެ ހާލަތަށް

    ކ.ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހިންމަފުށީ ކައުންސިލުން ވިދާޅުވީ ...

    ފެނަކަ ހުޅުމީދޫ ބްރާންޗަށް ޑިޕިއުޓީ ޑިރެކްޓަރެއް ހޯދުމަށް އިއުލާންކޮށްފި

    ފެނަކަ ކޯޕަރޭޝަން ހުޅުމީދޫ ބްރާންޗަށް ޑިޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން އިއްޔެ ކޮށްފައިވާ ...

    ކޯވިޑް-19 : ގޭގައި ކަރަންޓީންވުމަށް ތައްޔާރުވޭ

    ރާއްޖެއިން ކޯވިޑް-19 ފެނި ބަލި ފެތުރެމުންދާ ގޮތާއި، ބަލިޖެހޭ މީހުންނާއި، އެމީހުންނާއި ސީދާ ދިމާވާ މީހުންގެ އަދަދަށް ބަލާއިރު ...

    ރޮޒޭ މަޖިހުގައި އިންނަންޖެހޭ – ރައީސް ސޯލިހު

    ރޮޒޭއަކީ އަޅުގަޑުމެންގެ ވައުތުތަކަށް ފުރިހަމައަށް ތާއީދުކޮށްގެން ހުންނެވި އެކަން ގަބޫލްކުރާ ބޭފުޅެއްކަމަށާ  އަޅުގަޑުމެންގެ މެނިފެސްޓޯ ތަންފީޒުކުރުމާއި އެޖެންޑާ19 ތަންފީޒުކުރުމަށްޓަކައި ...

    އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްފި

    މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ...