ކޮވިޑް-19: އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް 19 ޕޮޒިޓިވް ވެއްޖެ

    އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

    ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ހިތަދޫން ޕޮޒިޓިވް ވެފައި ވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ އަކީ މާލެ އިން އައްޑުއަށް ގޮސް ފުރަބަންދު ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި މިހެއްކަމަށްވެސް އެވްޕީއޭއިންވަނީ ހާމަކޮށްފައެވެ.

    އެޗްޕީއޭ އިން ވަނީ  ހިތަދޫން ކޮވިޑް 19 ގެ ފުރަތަމަ ކޭސް ފެނުމާގުޅިގެން ވަގުތީގޮތުން ހިތަދޫ ފުރަބަންދު ކޮށްފައެވެ.

    އެޗްޕީއޭ އިން ހިތަދޫ ފުރަބަންދުކުރުމާ ގުޅޭގޮތުން  އައްޑޫ ސިޓީގެ ކައުންސިލަށް ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނީޓަރިންގއަށް ލާފައިވާ ކަމަށެވެ.

    ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5041 އަށް އަރާފައެވެ.

    ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މާލޭ ސަރަހައްދުގައި  މާސްކް އެޅުން މަޖުބޫރުކޮށް ރޭގަނޑު 22:00 އިން ފަތިހު 05:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. މާސްކް އެޅުން މަޖުބޫރު ކުރީ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. އަދި މީގެ އިތުރަށް އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގައިވެސް މާސްއަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނަން – ޝޫޒާ

    ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވައިދެއްވައިފިނަމަ މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ...

    އިއްޔެ 103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

    އިއްޔެވެސް  103 ދިވެހިނާއިއެކު ޖުމްލަ 133 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ  ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުން ...

    ޓުއަރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ފައްޔާޒުއާ ހަވާލުކޮށްފި

    ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާމް އާ ހަވާލުކޮށްފިއެވެ. ފައްޔާޒުއާ ޓޫރިޒަމް މިނިސްޓްރީ ...

    އެންމެ މޮޅުފިރިހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 3 ކުޅުންތެރިއަކު ހިމެނިއްޖެ

    އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...

    ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ބައެއް އިސްމަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަތް މަޤާމަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. މަޤާމްތަކަށް ޢައްޔަން ކުރެއްވި ...

    މިއަދު ކޮވިޑް 19 އިން 111 މީހަކު ރަގަޅުވިއިރު ޕޮޒިޓިވް ވެފައިވަނީ 20 މީހުން

    ރާއްޖެއިން އިތުރު 111 މީހަކު ކޮވިޑް 19 އިން ރަނގަޅުވެ، އިތުރު  20 މީހުން ކޮވިޑް 19 އަށް ...