ކޮވިޑް-19: އައްޑޫގައި ކަރަންޓީން ވެގެން ހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

    އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

    ވަގުތު އޮންލައިނުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވާގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝް މީހަކީ އައްޑޫ ހައި ސްކޫލްގައި ހަދާ އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.

    އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއް ސާދާތު (ސާތު) އާއި ހަވާލާދީ ވަތުތުން ގެނެސް ދީފައިވާ ޚަބަރުގައި ހާމަކޮށްފައިވަނީ އޭނާ ކޮވިޑް-19 އަށް ފައްސިވީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ހެދި ޓެސްޓުން ކަމަށާ  އެމީހާގެ ކޮންޓެކްޓު ޓްރޭސިންގެ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

    އޭނާ ހުރީ އައްޑޫ ހައި ސްކޫލްގައި ބިދޭސީން ތިބުމަށް ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

    އައްޑޫ ސިޓީއަށް މިމަހުގެ 06 ވަނަ ދުވަހު މާލެ އިން ދިޔަ ފުލުހަކު ވެސް ރޭ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދާއިރު އޭނާ އާއި އިތުރު ފުލުހުންތަކަކާއި ވެސް ބައްދަލުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

    މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީއަށް މިމަހުގެ 06 ވަނަ ދުވަހު މާލެ ގޮސްއައިސްގެ  ކޮވިޑަށް ޕޮޒިޓިވްވި މީހާ ދަތުރު ކުރި ފްލައިޓުން ހުޅުދޫ ބަޔަކުވެސް ދަތުރުކޮށްފައިވެއެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ފޭދޫއާއި އާއި މީދޫ ކުޅުނު އެކުވެރިކަމުގެ މެޗު މީދޫޓީމް ކާމިޔާބު ކޮށްފި

    އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން  މީދޫ 20 އަހަރުން ދަށުގެ  ޓީމަކާ ފޭދޫ 20 އަހަރުން ދަށުގެ ޓީމަކާ ...

    މަރަދޫ ފަތާ ޓްރެކް އޮންނަ ސަރަހައްދަށް ވަރަށްބޮޑަށް އުދައަރައިފި – ކުރިއަށް އޮތް 3 ދުވަހު ވެސް އުދަ އެރުމުގެ ފުރުސަތު ބޮޑު: މެޓް

    ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) ...

    އައްޑޫސިޓީގެ އަވަށްތަކުން ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

    އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސް ތަކަށް އޮންލައިންކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1441  (25 ...

    ކޮވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެ

    ކޯވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ރޭ މެންދަމު ނިޔާވީ ދަރުމަވަންތަ ...

    ފިނޑި ޤައްދާރުން ގެންނަން އުޅުނު ބަޣާވާތުގެ ފުންމިން އެނގިއްޖެ – ރައީސް

    އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު “ބަޣާވާތު”ގެ ފުންމިން މިހާރު ދެނެގަނެވިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ވެސްޓްޕާކް ސަރަހައްދުގައި ...

    ފޮޓޯއިން ޚަބަރު : ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތައްޔާރުކުރި ނޭޗާރ ޕާރކް

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބީއެމްއެލްގެ އެހީގައި ހޯޑެއްދޫގައި ތަރައްޤީކުރި ނޭޗަރ ޕާރްކްގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައްކެއް