ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

    ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން މަބުރޫކު ވިދާޅުވެއްޖެވެ.

    ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ވާހަކަފުޅު ދައްކަވަމުން މަބުރޫކު ވިދާޅުވީ ޑަބްލިޔުއެޗްއޯގެ ފަރާތުން ހަދިޔާކުރަން ނިންމި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ ކާޓްރިޖް މީގެކުރިން ބުނި ތާރީޚަށް ނުލިބުމުން ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާކަމަށެވެ.

    މިމަހުގެ 3 ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ މިބައްދަލުވުމުގައި އޮންލައިންނޫސް ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް  ވިދާޅުވީ މެއި މަސް ނިމުމުގެ ކުރީން  ކޮވިޑް19 އަށް ޓެސްޓްކުރުމަށް ބޭނުންކުރާ މެޝިންތަކަށް ލައްވާ ކާޓްރިޖްތައް ލިބެން އޮތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކާޓްރިޖް  ލިބިފައި ނުވާކަމަށާ އެކާޓްރިޖްތައް ލިބޭނެކަމަށް މިހާރު ލަފާކުރެވިފައިވަނީ އަންނަ މަހަށްކަށް މަބުރޫކު ވިދާޅުވިއެވެ.

    ” އަޅުގަނޑުމެން އިތުރު ސްޓްރެޓަޖީތަކެއް ރާވާނެ ރާއްޖޭގަ ޓެސްޓް ކުރުމުގެ ކަންތައްތަކުގައި. ޖުލައި މަސް އަންނަންދެނެއް ޖީން އެކްސްޕާޓަށް ލައްވާ ކާޓްރިޖްތައް ނުލިބިގެން އަޅުގަނޑުމެން އެގޮތަކަށް ތިބެވޭކަށް ނޯންނާނެ”، މަބްރޫކް ވިދާޅުވިއެވެ.

    މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވަނީ އިރާދަކުރެއްވިއްޔާ މިދިޔަ މެއި މަސް ނިމެންވާއިރަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް ކޮވިޑް 19 އަށް  ޓެސްޓް ކުރެވޭނެގޮތް ހަމަޖެހިގެން ދާނެކަމަށް ވިދާޅުވެފައެވެ.އެހެން ނަމަވެސް އަދި މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ކޮވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ.

    އެހެންނަމަވެސް   އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ބޭނުން ކުރަމުން އަންނަ އެންޓިބޮޑީ ޓެސްޓު ހެދޭ އެފިއަސް 6 ގެ ސިސްޓަމެއް ހޯދުމަށްފަހު ކޮވިޑަށް ޓެސްޓް ކުރުމުގެ ހުއްދަ އައްޑޫސިޓީ ފޭދޫގައި ހިގަމުންދާ “އެއިމްސް ކްލިނިކް ” އިން ހެލްތު މިނިސްޓްރީގައި އެދުމުން އެހުއްދަ އެއިމްސް ކްލިނިކަށް ދެވެން ނެތްކަމަށް ހެލްތު މިނިސްޓްރީން އަންގައިވާފައިވާކަމަށް އެއިމްސްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވިދާޅުފައެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓް ފޯރުކޮށްދިނުމަށް ފެނަކައާއި އެކު އެޑިއުކޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި

    އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލްތަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އެޑިއުކޭޝަން މިނިސްޓްރީއާ ...

    “ދަރުމަވަންތަ ހޮސްޕިޓަލް އަންނައަހަރު ކުރީކޮޅު ހުޅުވޭވަރުވާނެ އަދި އައްޑޫގައި ޤާއިމުކުރާ ޓަރޝަރީ ހޮސްޕިޓަލް އަންނަ ޑިސެމްބަރ މަހާހަމައަށް ނިންމޭނެ”

    މިހާރުކުރިއަށްދާ މަސައްކަތްތަކަށް ބުރޫނާރައި ކުރިއަށްގެންގޮސްފިނަމަ ދަރުމަވަންތަ ހޮސްޕިޓަލް މިއަންނަ އަހަރުގެ ކުރީކޮޅު ހުޅުވޭވަރު ވާނެކަމަށާ އަދި އައްޑޫގައި ޤާއިމުކުރާ ...

    ޕްރިންސް ހެރީއާ މެގަން މާކެލްގެ ކައިވެނީގެ ބްރައިޑްސް މެއިޑަކަށް ޕްރިޔަންކާ!

      ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދާފައިވަާ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ޝާހީ ...

    ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

    ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް ...

    އައްޑޫ ސިޓީއަށް އެއްވެސް ގޮނޑި އިތުރު ނުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފި

    އައްޑޫސިޓީއަށް ރަށްޔިތުންގެ މަޖިލިހުގެ ގޮނޑި އިތުރު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަނުން މިގޮތަށް ނިންމާފައި ވަނީ، އައްޑޫ ...

    ކޮވިޑް 19 – ހުޅުދޫއާއި މީދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހަކު ބަލިން ރަގަޅުވެގެން ދޫކޮށްލައިފި – އިބްރާހިމް ޒުބައިރު

    ހުޅުދޫއާއި މީދުން ކޮވިޑް 19 ބަލި ޖެހުނު 74 މީހުންގެ ތެރެއިން މިހާތަނަށް 27 މީހަކު ބަލިން ރަގަޅުވެގެން ...