ކޮވިޑް-19އަށް ނަރުދޫން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެ – މިބަލިމަޑުކަމުގައި ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައި

ށ. ނަރުދޫ އިން ކޮވިޑް-19 އަށް އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ނަރުދޫން އިތުރު ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެރަށުން މިފަހަރު ޕޮޒިޓިވް ވެފައިވަނީ  ކުރިން  އެރަށުން ޕޮޒިޓިވްވި  މީހެއްގެ އަންހެނުންނާއި އެދެމަފިރިންގެ އުމުރުން 16 އަހަރުގެ ދަރިފުޅެވެ.

ނަރުދޫން މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް ދަތުރުކުރި “އަމާޒު” ބޯޓުގެ ކައްޕި އާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން، ކައްޕި އާއި އެއްގެއެއްގައި އުޅޭ އަންހެނަކާއި ބޯޓުގައި މަސައްކަތްކުރާ އިތުރު ދެ ފަޅުވެރިއެކެވެ.

ނަރުދޫ “އަމާޒު” ބޯޓުގެ ކެޕްޓަން، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން، އެޗްޕީއޭއިން އިޢުލާން ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މި ކަމާއި ގުޅިގެން، ކައްޕި އާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަތުމަށް އެޗްޕީއޭއިން ކުރި މަސައްކަތުގެ ތެރެއިން، ނަރުދޫން އެކަނިވެސް 22 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ.

“އަމާޒު” ބޯޓުގެ މި ދަތުރުގެ ތެރެއިން މިލަންދޫން މީހަކަށްވެސް ބަލި ޖެހިފައި ވެއެވެ. މިއީވެސް ކައްޕިއަށް ކޮވިޑް-19 ޖެހިފައިވަނިކޮށް ކުރި ދަތުރުގައި އެ ބޯޓުން ރަށަށްދިޔަ މީހެކެވެ.

މި މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.

ނަރުދޫން ރޭ އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މިހާރު ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 493 އަށް އަރާފައެވެ. މީގެ ތެރެއިން 159 މީހުންނަކީ ދިވެހިންނެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު (83 އަހަރުގެ ދިވެއްސަކު) ވަނީ މަރުވެފައެވެ. އަދި 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައި ވަނީވެސް މާލެއިންނެވެ. މުޖުތަމަޢުތެރެއިން މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، މާލެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ވެސް އެކެއްގެ ސާމްޕަލް މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ. އެހެންކަމުން މި ބަލިމަޑުކަމުގައި ރާއްޖެ މިވަގުތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ

މަސްދަރު: ވަގުތު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފި

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް ކަނޑައަޅައިފިއެވެ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ މެޗް ބޮޑުތަފާތަކުން ހިތަދޫ ކާމިޔާބުކޮށްފި

” އައްޑޫ ޔޫތު ޗެލެންޖާސް 2020 ”  ނަމުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މީދޫގައި ބޭއްވުމަށް ...

އިންތިޚާބަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހުޅުމީދޫގައި ބާއްވައިފި

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ...