ކޯވިޑް19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ

ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ކުރީގެ ސިފައިންގެ ބޭކަލަކު ނިޔާވެއްޖެ އެވެ.

މިއީ މިބަލީ ގައި ރާއްޖެއިން ނިޔާވި 25 ވަނަ މީހާއެވެ. އެޗްޕީއޭއިން ރަސްމީކޮން އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކޯވިޑް19 އަށް ފަރުވާހޯދަމުން ދިޔަ ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީީ (ސ. ނަންބަރު:105) ނިޔާވެފައިވާކަމަށެވެ.

(ރިޓަޔަރޑް) ޢަބްދުލްޣަނީީ އަކީ 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައެވެ. ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އަބްދުލްޣަނީ ނިޔާވިއިރު އުމުރުފުޅުން 82 އަހަރެވެ.

ރާއްޖެއިން ކޯވީޑް-19އަށް ޕޮޒިޓިވްވެ މީގެ ކުރިން ނިޔާވި 24 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 18 މީހަކާއި، ބިދޭސީންގެ 6 މީހެކެވެ. ފަހަކަށް އައިސް ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލި މީހުން އިތުރުވަމުން ދިއުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ފަހަކަށް އައިސް އިތުރުވެފައި ވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކޮށްފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާރުވެސް 161 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ.

ރާއްޖެއިން އިއްޔެވެސް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ ސަތޭކައަށްވުރެ މަތީގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު އިއްޔެރޭގެ އިރުއޮއްސި  6:00  ން ރޭގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހަކާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލްގެ މީހަކާއި ޖަޕާނުގެ މީހެއްގެ އިތުރުން އުރުދުންގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6370އަށް އިތުރުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 2431 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ ބަލިން ރަނގަޅުވެފައިވަނީ 127 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3915 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިފައިންގެ 14 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިއްޔެ ( 29-4-2020 ވަނަ ދުވަހު )  14 ސިފައިން ޕޮޒިޓިވް ވެއްޖެވެ. ރޭ ބޭއްވުނު ...

ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންފި

އެމްއެންޑީއެފްގެ ވަޒީފާއި ހުންނެވި ކެޕްޓަން އަލީ އިހުސާން ސިފައިންގެ ވަޒީފާއިން ވަކިވެ ވަޑައިގެންފިއެވެ. މިކަން އެމްއެންޑީއެފްއިން ވަނީ  ކަށަވަރުކޮށްދީފައެވެ. ...

އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮގުން ޑރ. އަބްދުﷲ އަފީފަށް ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ...