ކޭސްތައް އިތުރުވެގެންދާނަމަ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ނުގެންދާނެ – އަމީން

    ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާނަމަ ސްކޫލްތަކުގެ ކިޔެވުން ނުފެށޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

    ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިހާރު ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މިންވަރަށް އިތުރުވަމުންދާނަމަ، މިމަހުގެ މެދުތެރޭގައި ސްކޫލުތަކުގައި އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައި އޮތް ނިންމުންވެސް ތަންފީޒުކުރެވޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

    ކޯވިޑް-19ގެ ނުރައްކާތެރިކަން ކޮންމެވެސް މިންވަރަކަށް ކުޑަވުމުން 3 މަސްދުވަހަށްފަހު ސްކޫލްތައް އެންމެފަހުން ހުޅުވާފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް ހުޅުވާފައިވަނީ މޮނިޓަރިންގްގައި ނެތް ރަށްތަކުގެ ސްކޫލްތަކާއި މާލޭ ސްކޫލްތަކުގެ ގްރޭޑް 9އިން 12އާ ދެމެދުގެ ގްރޭޑްތަކެވެ. އަދި ބަލީގެ ކޭސްތައް މަދުވީ މިންވަރަށް ބަލާފައި އޮގްސްޓް މަހުގެ 16ވަނަ ދުވަހު ގްރޭޑް 8 އައި7 ގެ ކިޔެވުން މާލެ ސަރަޙައްދުގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ތައްޔާރުވެފައެވެ. އެހެންނަމަވެސް އޭގެފަހުން މިވަނީ ކޯވިޑް-19ގެ ކޭސްތައް ފެނުން އިތުރުވެ ނުރައްކާތެރިކަން ބޮޑުވެފައެވެ.

    “ފިޔަވަޅުތަކަށް ބޯނުލަނބައި މިހާރު ދާގޮތަށް ކޭސް މިމަހުގެ 15އާ ހަމައަށް އިތުރުވާނަމަ ސްކޫލްތަކެއް ނުހުޅުވޭނެ. އަދި މިކަމަށް ސީދާ އެއްޗެއް ދަންނަވަން އަވަސް. ނަމަވެސް މިވަރަށް ގިނަވާނަމަ ނުހުޅުވާނަން. ” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

    މިނިސްޓަރ އަމީން ވިދާޅުވީ ކުރިއަށްއޮތްތަނުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތް ނިންމަނީ ކޮންމެ ހަފްތާއެއްގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހުކަމަށެވެ. އަދި ކޭސްތައް އިތުރުވަމުންދާތީ ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ދެން ގެންދަންވީ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވަމުންދާކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

    މިނިސްޓަރ އަމީން ވިދާޅުވީ މިހާތަނަށް ސްކޫލް މާޙައުލު ފާހަގަވީ ދަރިވަރުންނަށް ރައްކާތެރި ފިޔަވަޅުތަކާއެކު ކިޔަވައިދެމުންދާ މާޙައުލެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ފެނުނު ކޭސްތަކުގެ ޢަދަދު ވަރަށްބޮޑަށް މަދުކަމާއި ކޮންޓެކްޓުންވެސް ވަރަށް ބޮޑަށް މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

    ސްކޫލްތައް ހުޅުވާފައިވަނީ އެކަމަށް ޚާއްސަ ގައިޑްލައިންތަކަކާއެކުއެވެ. އެގޮތުން ގައިދުރުކަން އިތުރުމާއި، ކޮންމެ ދުވަހަކު ކުދިންގެ ސިއްޙީ ޙާލަތު މޮނިޓަރކުރުންފަދަ ކަންކަން ހިމެނެއެވެ.

    މަސްދަރު: ޕީއެސްއެމް ނިއުސް

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ސަރުކާރުގެ ޤާބިލުކަން ފެނި ހަމަ ޖޭވަނީ : ރޮޒައިނާ

    ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ ގިނަ މަސައްކަތް، ކޮވިޑުގެ އެއް އަހަރުތެރޭގައި މި ސަރުކާރުން ކޮށްފައިވާތީ ...

    މިހާތަނަށް ރައީސަކަށް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް މިއަދު އައްޑުއަތޮޅުން ރައީސް ސޯލިހުއަށް ދަންނަވާނެ

    އެޖެންޑާ 19ގައި ހިމެނޭ އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު މިއަދު ހަވީރު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އައްޑޫން ...

    ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރަށްތައް ބަންދުގައި ނުބޭއްވޭނެ: ޑރ. އަފްޒަލް

    ކޮވިޑް-19 އަކީ ސީދާ އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫން ކަމަށާއި، ބަލި ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖޭގެ ...

    މާލޭގައި ހިގި ރޭޕްގެ މައްސަލަ : ނުފެންނަކަމަށް ހެދުމަކީ ހައްލެއްނޫން – ރޮޒޭނާ

    މިދިޔަ ހުކުރު ދުވަހުގެރޭ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނުއިރު އެސަރަހައްދުގައި ...

    އައިވީ މިކްސްޑް ވޮލީކަޕް- ސެމީފައިނަލްގެ ދެވަނަމެޗްގައި ފޭދޫ ފާހި ސްޕޯޓްސްއާއި ބައްދަލުރާނެޓީމަކީ މަރަދޫފޭދޫ ވޮލީޓީމް

    ” އައިވީ މިކްސްޑް ވޮލީކަޕް  ” ގައި މަރަދޫފޭދޫ ސްޕާކްލްސް ބަލިކޮށް ސެމީފައިނަލުން ޖާހަގަ ހޯދާފައިވާ ފޭދޫ ފާހި ...

    ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

    ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ...