މާލެ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓް ވެފައި ހުރި މީހަކާއި ސެކަންޑްރީ ކޮންޓެކްޓް ވެފައިހުރި މީހަކު އައްޑޫ ސިޓީ ހިތަދޫގައި ހުރުމުން އެމީހާ ދިރިއުޅޭ ގެ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފިއެވެ.

ކޮވިޑް 19 އާއިގުޅިގެން ހިތަދޫގައި އެކުލަވާލެވިފައިވާ ” ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކް”  ޓީމުން  ހާމަކޮށްފައިވާގޮތުގައި މާލޭން ކޮވިޑް19 ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ހިތަދޫ މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށާ  ހުރިހާ އެންމެންވެސް  ކެއްތެރިވެ އޯގާތެރިކަމާއި އެއްބައިވަންތަކަން އިސްކޮށް ގޭ މަޑުކޮއްދެއްވުން އެދިވަޑައިގެންފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު މާލެއިން މީހަކު ޕޮޒިޓިވް ވެފައިވާ އިރު އެކަމާ ގުޅިގެން މާލެ ސިޓީގެ ގެއެއްވެސްވަނީ  މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. އަދި މީގެ އިތުރަށް ކ، ކާށިދޫވެސްވަނީ މޮނިޓަރިންގެ ހާލަަތަށް ގެންގޮސްފައެވެ. ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ ކޮވިޑް-19 އަށް މިއަދު މާލެއިން  ޕޮޒިޓިވްވި މީހާގެ ކްލޯސް ކޮންޓެކެޓް ވެފައިވާ ފަރާތެއް އެރަށަށް ދަތުރުކޮށްފައި ވާތީއެވެ

މާލެއިން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ގެއާއި ހިތަދުން މޮނިޓަރިންގެ ހާލަށް ގެންގޮސްފައިވާ ގެއަށް ވަދެ ނިކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެން މީޓަރުން ނަގާ 30 ރުފިޔާގެ ފީ ރައީސް މާފުކޮށްދެއްވައިފި

ފެނަކަ ކޯޕަރޭޝަނުން ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާގެ ފީ ރައީސް އިބްރާހިމް ...

ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ. ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ...

ހުޅުދޫ ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ. އެމްޓީސީސީން ބުނީ އެ ބަނދަރުގެ އެއްގަމުތޮށި ...