ކޮވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެމީހާ ނިޔާވެފައި ވަނީ ފަތިސް ނަމާދަށް ހުއްޓާ ހާލު ގޯސްވެ ވެއްޓުމުން ފަރުވާދެމުން ދަނިކޮށްކަމަށް ވަގުތު އޮންލައިން އިން މިކަމާބެހޭގޮތުން ގެނެސްދީފައިވާ ޚަބަރުގައި ހާމަކޮށްފައިވެއެވެ.

މިއަދު އިތުރު މީހަކު ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމާއެކު، ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 23 ދިވެއްސަކާއި ފަސް ބިދޭސީއެކެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ، ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. މިގޮތުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓީވްވާ މީހުންގެ އަދަދު ވަނީ ހިފެހެއްޓުމެއް ނެތި އިތުރުވާން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 6912 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، އެގެތެރޭގައި އިއްޔެ ޕޮޒިޓިވްވި ކަމަށް ރެކޯޑް ކުރެވުނު 133 މީހަކުވެސް ހިމެނެއެވެ.

މިވަގުތު ރާއްޖޭގައި 2588 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވި ފިރިހެން މީހާއާއިއެކު އޭނާގެ އަންހެނުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެ ފެސިލިޓީގައި ފަރުވާދެމުންދާ ކަމަށް ވަގުތު އޮންލައިނުން  ގެނެސްދީފައިވާ ޚަބަރުގައި ހާމަކޮށްފައިވެއެވެ.

މަސްދަރު: ވަގުތު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިމަމް ވޭޖް ކަނޑައަޅަނީ ދާއިރާތަކަށް ވަކިން

މިނިމަމް ވޭޖް ކަނޑައަޅާނީ 7 ދާއިރާއަކަށް ވަކިވަކިން ކަމަށް ބިލުގައި ހިމަނައިފި އެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި ...

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް އައްޑޫ ސިޓީ ގަމަށް ފަށައިފި

ސައުތް އެފްރިކަން އެއަރލައިންސްގެ ސީދާ ދަތުުރުތައް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު ފަށައިފިއެވެ. ސައުތް އެފްރިކަން އެއާރލައިންސްގެ ފުރަތަމަ ...

ހަރުކަށި ފިކުރުގެ މީހެއް މާލެއިން ހައްޔަރު ކޮށްފި

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރި ވާ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ. ފުލުހުންގެ ...