ކޯވިޑް-19 : އިތުރު 13 މީހަކު ރަގަޅުވެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 104އަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 104އަށް އިތުރުވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 1216 މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ 1106 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ.

ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެޑްޓެކުން 18 އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން މެޑްޓެކް މޯލްޑިވްސްއާ ރާއްޖެ ގެންނަން ހަވާލުކުރި ރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ގެނެސްފި ...

ފެނަކައިގެ 75 މައްސަލައެއް، 20 މިލިއަން ހޯދަން އަންގައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރުވެސް ފެނަކައާ ގުޅުންހުރި 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ...