ކޮވިޑް 19- އިއްޔެ 110 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިއްޔެ 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ބިދޭސީންނާއި 31 ދިވެހިން ކަމަށެވެ. މިއީ ދުވަސްތަކަކަށްފަހު ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،314 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 18 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،316 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 45 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 37 ދިވެހިންނާއި، 8 ބިދޭސީންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދެނީ

ރާއްޖޭގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ވެކްސިން ...

އިންތިހާބުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ނިންމުމާއި އެކު އިދިކޮޅުގެ ކަންބޮޑުވުން!

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ދިވެހި ފުލުހުން ބޮޑީ ވޯން ...

ތަރާވީސް ނަމާދުކުރަމުންދިޔަ އިމާމުން ނަމާދުކުރަމުންދިޔަ މިސްކިތް ބަދަލުކޮށްފި

މީދޫ ދެ މިސްކިތެއްގައި އިމާމުވެ ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން  ގެނައި ދެއިމާމުން ތަރާވީސް ނަމާދުކުރަމުންދިޔަ މިސްކިތް ...