މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

    ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ކަމަށް ބީއެމްއެލުން ބުނެފި އެވެ.

    ބީއެމްއެލުން ވަނީ 2 އޭޕްރިލް 2020 ވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުންވަނީ އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

    ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް:

    • ފުރަތަމަ 6 މަސްދުވަސް : މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ.
    • ޖެހިގެން އަންނަ 6 މަސްދުވަސް : ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ %20 މަދު އަދަދެކެވެ.
    • ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނީއެވެ.
    • ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ.

    ބީއެމްއެލުން ބުނިގޮތުގައި ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެ އެވެ. ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.
    ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންގެ ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ފިހާރަތަކުގައި ތިބޭ ސޭޓުންވެސް އަންގި ލެއްވުން- ރައްކާތެރިވުމުގެ ގޮތުން އެޅޭ ފިޔަވަޅެއް- ޑރ،އަފްޒަލް

    ވިޔަފާރިތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބަލައިގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައެވެ. ...

    ކޮވިޑް-19: ތުލުސްދޫން އިތުރު ދެމީހަކު ފައްސިވެއްޖެ

    ކ. ތުލުސްދޫ އިން ކޮވިޑް-19 އަށް އިތުުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ތުލުސްދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުން އިއްޔެ ...

    87 ދާއިރާއަށްވެސް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި

    އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، 87 ދާއިރާއަށްވެސް ވާދަކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރު ...

    ރެއާލްގެ ކޯޗަކަށް ންޗެލޮޓީ

    އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ. އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ...

    ގޯލްގެ ތަފާތުން ބީރިކަނާއަށްވުރެ ކުރިލިބިގެން ރިވެރިން ކްއާޓާފައިނަލަށް ހޮވިއްޖެ

    ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މީދޫ ބީރިކަނާއާއި ހިތަދޫ ރިވެރިން ޕޮއިންޓްގެ ގޮތުން ...

    ކޯވިޑް-19 : އިތުރު 45 މީހަކު ޕޮޒިޓިވްވެއްޖެ

    އިތުރު 45 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބަލިޖެހުނު މީހުންގެ އަދަދު 835 އަށްއަރައިފިއެވެ. އެޗްޕީއޭއިން ...