ކޯވިޑް-19 : ރާއްޖޭގެ އެތެރޭގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފި

މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފިއެވެ.

ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ދެން ޑޮމެސްޓިކް ފްލައިޓުތަކުގެ ޗާޓަރ ދަތުރުތައް ބާއްވަމުން އަންނަ މަންޓާ އެއަރއިންވެސް ވަނީ ލޮކްޑައުންގެ މުއްދަތުގައި އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުންގޮތުން ކުރިން ދުވާލަކަށް 50 ޑޮމެސްޓިކް ފްލައިޓު އެއަރޕޯޓަށް ޖެއްސިނަމަވެސް މިހާރު އެއަރޕޯޓަށް ޖައްސަނީ ދުވާލަކަށް 5 ފްލައިޓެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް “ލޮކްޑައުން” ކޮށްފައެވެ. މި ދަނޑިވަޅުގައި އެއްވެސް ގޮތަކަށް މީހުން މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި އެޗްޕީއޭއިން ވަނީ އަންގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

14-4-2020 ގައި އެއަރބަސް އިން ގަމަށް ދަތުރުކުރި އެންމެންނާ އެމީހުންނާ ކޮންޓެކްޓްވި އެންމެން ގޭގައި މަޑުކޮށްދެއްވާ

14 އެޕްރީލް 2020 ވަނަ ދުވަހު އިރުއޮއްސި 18:30 ގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި މޯލްޑިވިއަންގެ އެއަރބަސް ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ...

“ރަން އިން އައްޑޫ”ގައި ހިމެނޭ ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު ހަވީރު

ޓީއެފްޖީން އިންތިޒާމްކޮށްގެން އައްޑުއަތޮޅުގައި  ބާއްވާ “ރަން އިން އައްޑޫ”ގެ އިވެންޓުގައި ހިމެނޭ  ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ...