ކޮވިޑް 19- ރާއްޖޭގެ ހާލަތު : އިތުރު ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެ

    ކޮވިޑް-19 އަށް ފަރުވާ ދެމުން ގެންދިޔަ އިތުރު ދިވެއްސަކު  ރޭ ދަންވަރު ނިޔާވެއްޖެއެވެ.

    ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްއީއޯސީން މަޢުލޫމާތު ދެއްވައެވެ.

    މިހާތަނަށް ރާއްޖެއިން 22 މީހަކު ވަނީ ކޮވިޑް-19ގައި ނިޔާވެފައެވެ. މިއާއެކު މިހާތަނަށް މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު ވަނީ 16 އަށް އަރާފައެވެ. އަދި ބިދޭސީން 6 މީހަކުވަނީ ނިޔާވެފައެވެ.

    ރޭ އައިޖީއެމްއެޗަށް ގެންދިޔަ އިރު ނިޔާވެފައިވާ އުމުރުން ދުވަސްވީ މީހަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކުރައްވާފައެވެ. ކޮވިޑް ޖެހިގެން މިދިޔަ އަންގާރަ ދުވަހާ ބުދަދުވަހުވެސްވަނީ މީހަކު މަރުވެފައެވެ.

    އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިހާރުވެސް 156 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށް ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.

    ކޮވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ބޭނުން ކުރަމުންދާ މީހުން އިތުރެވެ.

    ރާއްޖޭގައި މިހާތަނަށް 5،494 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިބަލި ޖެހުނު 2،920 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާ މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފި

    ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ. ...

    ގއ.މާމެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

    މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ ...

    އައިޖީއެމްއެޗްގެ މުވައްޒަފުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

    ރާއްޖޭގައި ސިއްޙީ ޚިދުމަތް ދޭންފެށިތާ 70 އަހަރުފުރުން ފާހަގަކުރުމަށް އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ...

    ކޮވިޑް-19: އައްޑޫ އިން ހަތް ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން އެކަހެރިކޮށްފި

    އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އައްޑޫ ...

    ކޮވިޑް19 އިން ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ދިވެހި ޑޮކްޓަރުން ތަކުރާރުކޮށް އިއުތިމާސްކޮށްފި

    ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިފެތުރޭ މިންވަރު އިންތިހާއަށް ގިނަވަމުންދާ މިދަޑިވަޅުގައި  ރާއްޖޭގެ ރަށްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރާއްޖެގެ ...

    މޯލްޑިވިއަން އިން މިއަދުން ފެށިގެން ޓިކެޓް ވިއްކަމުން ދާނީ އަގުހެޔޮ ފެޔާ ތަކުގައި

    ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު މިމަހުގެ 2 ވަނަ ދުވަހު  25 އާއި 30 ޕަސެންޓާ ...