ރަށުން ބޭރުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ހުޅުމީދޫ ސިއްހީމަރުކަޒު

މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ރަށުން ބޭރުން ފުރައިގެން ހުޅުދޫއާއި މީދުއަށް  އައިސްފައިވާ އެންމެހައި ފަރާތްތަކުން، ސިއްހީމަރުކަޒުގެ ހޮޓްލައިން ނަމްބަރު 6894680 އަށް ގުޅުއްވާ  މައުލޫމާތު ހިއްސާ ކުރެއްވުމަށާ އަދި އެފަދަ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ހުޅުމީދޫ ސިއްހީމަރުކަޒުން  އިލްތިމާސް ކޮށްފިއެވެ.

ސިއްހީމަރުކަޒުން މިގޮތައް އިއުތިމާސްކޮށްފައިވަނީ  މިއަދު  އާއްމުކޮށްފައިވާ ދެންނެވުމެއްގައެވެ.

ސިއްހީމަރުކަޒުން މިގޮތައް އިއުތިމާސްކޮށްފައިވާއިރު  މާލެ އިން މިއަދު ކޮވިޑް-19 ޕޮޒިޓީވްވި  މީހާއާއި މީގެ ދެ ދުވަސް ކުރިން ފެށިގެން ކްލޯޒް ކޮންޓެކްޓެއްގެ ގޮތުން ކޮންޓެކްޓް ވެފައި ތިބި މީހުންގެ ތެރެއިން ދެމީހަކު އައްޑޫގައި އެބަތިބިކަމަށާ އެމީހުން ހޯދާ އެމީހުންގެ ހާލަތު ބަލަމުންދާކަމަށް އެޗްޕީއޭއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް – ވިއްސާރަވުމުގެ ސަބަބުން މިރޭގެ މެޗްތައް ކެންސަލްކޮށްފި

މިރޭ ކުޅުމަށް ތާވަލް ކުރެވިފައިވާ ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ނުބާއްވާގޮތައް  ހަމަޖައްސައިފިއެވެ. ...

ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމީދޫ ގައި ...

ތިނަދޫ ހޮސްޕިޓަލްގެ ސިއްޙީ އެހިތެރިންގެ ޓީމެއް ހޯޑެއްދުއަށް

ގދ.ހޯޑެއްދުއިން ގިނަ ޢަދަދެއްގެ މީހުން ކޯވިޑް19އަށް ޕޮސިޓިވްވުމާއި ގުޅިގެން އެރަށަށް ސިއްޙީ އެހީތެރިންގެ ޓީމްއެއް ފޮނުވައިފިއެވެ. ހެލްތް އެމަޖެންސީ ...