ކޮވިޑުން ރަނގަޅުވެ، ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމަށް އަންގައިފި

ކޮވިޑަށް ޕޮޒިޓިވްވެ، ރަށްރަށަށް ހޯމް ކަރަންޓީނަށް ދަތުރުކޮށް، މިހާރު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ހުއްދަދީފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ޕޮޒިޓިވްވާ ތާރީޚުން ފެށިގެން (ސާމްޕަލް ނަގާ ތާރީޚުން ފެށިގެން) 60 ދުވަސް ހަމަވެފައިނުވާ މީހުންގެތެރެއިން ރަށްރަށަށް ދަތުރުކޮށް، ކަރަންޓީނުގައި މިހާރު ތިބި މީހުން ކަރަންޓީނުން ދޫކޮށްލުން އެންމެ ރަނގަޅު ކަމަށެވެ.

އެ ގޮތުން ބަލިޖެހި، ރަނގަޅުވެފައިވާތާ 60 ދުވަސްވެފައިނުވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ މަސައްކަތްތައް ކައުންސިލުތަކުން ކުރަމުން ގެންދިއުމަށް އަންގާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ދޫކޮށްލާ މީހުންގެ މަޢުލޫމާތު އެ އެޖެންސީއާއި ހިއްސާކޮށްދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މާލެއިން އަތޮޅު ތެރެއަށް ކަރަންޓީން ނުވާ ގޮތަށް ދަތުރު ކުރާ މި ކެޓަގަރީއަށް ފެތޭ މީހުން ދަތުރު ކުރުމުގެ ކުރިން ހާލުބަލާ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭއިރު އެ ޕޮސިޓިވްވި ކަމުގެ ލިޔުން ހުށަހެޅުމުން ކަރަންޓީން ނުވާގޮތަށް ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރެހެންދީ ސުކޫލްގެ 2 ދަރިވަރަކާއި ޓީޗަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ހުޅުމާލެ ރެހެންދީ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 2 ދަރިވަރަކާއި އެސުކޫލްގެ މުދައްރިސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެއެވެ. ” ފެށުން ” ...

އައްޑޫން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...

މީދުން ހިތަދޫ ހޮސްޕިޓަލަށް ގެނދިޔަ މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ-

މީދުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ މައުލޫމާތު ލިބިފައިވާ ...