ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 38 އަހަރުގެ ދިވެއްސެއް ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަމީނު ވިދާޅުވީ އެމީހާ ރާއްޖެ އައީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ކަމަށާއި ބަލީގެ އަލާމާތްތައް ފެނިގެން އެމީހާ ޓެސްޓް ކުރީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި އެ ދިވެހި މީހާ ބައްޔައް ޕޮޒިޓިވްވިކަން އެނގުނީ 27/3/2020 ވަނަ ދުވަހު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ދިވެހި މީހާ މިހާރު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނު ކޮށްފައި ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

ރާއްޖެއިން ބޭރުން އައި މިމީހާ ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަަކަށް ރާއްޖެ ނުދާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ކްލަބަކުން ކޮވިޑް 19 ގެ ހާލަތުގައި ބޭނުން ކުރެވޭ ބައެއް ތަކެތި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި  އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ...

ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ...

އައްޑޫސިޓީ ކައުންސިލްގެ އިދާރާ ހިތަދޫގައި ހުރުމުން އެންމެބޮޑު ތަކުލީފެއް އުފުލަންޖެހެނީ ހުޅުމީދޫ ރަށްޔިތުން – ޝުކުރީ

 އައްޑޫސިޓީކައުންސިލްގެ އިދާރާ ފޭދުއަށް ބަދަލުނުކުރާކަމަށްވާނަމަ ކޮންމެރަށެއްގައި ރަށު ކައުންސިލެއް އުފެއްދުމަށާ ހިތަދޫގައި ސިޓީ ކައުންސިލް އުފެއްދުމަށް އައްޑޫސިޓީ ހުޅުދޫދާއިރާގެ ...