ކޯވިޑް-19: އިޓަލީ 2 ދެ މީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ފުރިފަހުން

ރާއްޖެއިން  ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިދެމީހުންނަކީ ރާއްޖެއައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހެއްކަމަށެވެ. މިމީހުންނާމެދު އެޗްޕީއޭއިން ޢަމަލުކޮށްފައިވަނީ ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުންވެސް މިކަމުގައި ޢަމަލުކުރަމުންދާ އުސޫލުުންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުރައިގެންދިޔަ އެންމެންގެވެސް ޓެސްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

އައިލެންޑް ސަފާރީގައި ތިބީ ޖުމުލަ 32 މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެސްޓުންނާއި، 16 ކްރޫއިންކަމަށާ، އެއީ 10 ބިދޭސީންނާއި، 6 ދިވެހިންނެވެ.
ރާއްޖެއިން  ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުމުގެ ކުރިންވެސް މިސަފާރީން 2 މީހަކު ޕޮޒިޓިވްވެ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އެދެމީހުން އައިސޮލޭޓްކޮށް ފަރުކޮޅު ފުށީފައި ދަނީ ފަރުވާދެމުންނެވެ.

މަބްރޫކު ވިދާޅުވީ ރާއްޖޭގައި ތިބި އިޓަލީގެ ރައްޔިތުން ގެންދިއުމަށް އެޤައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ފްލައިޓްގައި ވަނީ 352 މީހަކު ފުރާފައިވާކަމަށެވެ. އޭގެ ތެރޭގައި އައިލެންޑް ސަފާރީގައި ތިބި 12 ޓްވަރިސްޓަކާއި، 3 ކްރޫއެއް ފުރާފައިވާކަމަށާ އަދި ބަކީ ތިބި މީހުންގެ ތެރެއިން އައިލެންޑް ސަފާރީގެ 2 ކެޕްޓަނުން ފިޔަވައި އެންމެ ތިބީ ވިލިވަރުގައި އައިސޮލޭޓް ކުރެވިފައިވަކަމަށެވެ. ނަމަވެސް މިމީހުންވެސް ވަރަށް އަވަހަށް ފުރުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

Advertisement ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ...

ސ. ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ...

މީދޫ ޔޫތު ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަނީ

މީދޫ ގެ ޒުވާނުން އިސްނަގައިގެން މީދޫ ޔޫތްޗެލެންޖް 2020  ގެ  ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް މާދަމާ ( ...