ކޮވިޑް-19: މާލެ ހިމެނޭ ސަރަހައްދުގައި ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބާޔާނެއްގައި ހާމަކޮށްފައިވަނީ  މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅާފައެވެ.

އެ ބަޔާނުގައި ވާގޮތުން މާދަމާއިން ( 2 އެޕްރީލް 2020  ވަނަ ދުވަހުން ފެށިގެން )  މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހުޅުވުން މަނާވާނެއެވެ. އަދި ހުރިހާ ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާއި ދޭތެރޭގައި ހިންގުން މަނާވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ހާމަކޮށްފައި ވަނިކޮށެވެ. ޓެގުން މިގޮތައް ހާމަކުރުމާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް އިއްޔެ ސަރުކާރުން  ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް 1137 ސާމްޕަލް  ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި   ތިން ދިވެއްސަކުވެސް ހިމެނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...

ވައިގެ ބާރެއް އުފެއްދުމަކީ އަސްކަރިއްޔާގެ ކުރިމަގަށް އެޅުނު ބިންގަލެއް: ކުރީގެ ޚިދުމަތްތެރިން

ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާގައި ވައިގެ ބާރެއް އުފައްދައި، 24 ގަޑިއިރު ރާއްޖޭގެ އިން ބަލަހައްޓަން ޒަމާނީ އަސްކަރީ ...

ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފިއެވެ. ހެލްތު ...