އިޓަލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުން ދާތީވެ ޔުއެންޓާސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އިޓަލީގެ ޓިއުރިންއަށް ހިގައްޖެވެ.

ކޮވިޑް 19 ގެ ނުރައްކާ އިޓަލީގައި މީގެކުރީން ބޮޑުވިނަމަވެސް މިހާރު އެގައުމުގެ ހާލަތު އަންނަނީ ރަގަޅުވަމުންނެވެ. އެގޮތުން ދާދިފަހުން އިޓަލީގެ ބޮޑުވަޒީރު ކޮންޓޭވަނީ އިޓަލީ މިހާރު ތައްޔާރުވަމުންދަނީ ފުރަބަންދަށް ލުއިތަކެއްދީ ފުޓްބޯޅަ އަލުން ފެށުމަށްކަމަށް ވިދާޅުވެފައެެވެ. މިގޮތުން ކުޅުންތެރީން އެކަނި ތަމްރީނު ކުރުމުގެ ހުއްދަ ދީފައިވާއިރު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުލަބްތަކަށް އެކީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ދެވޭނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރަށް އޭނާ ވިދާޅުވީ އެއަށްފަހު ސީޒަން ފުރިހަމަ ކުރެވޭނެ ހާލަތު އޮތްތޯ ބަލާނެކަމަށެވެ. އެއާއިއެކު ޔުއެންޓާސްއިން ވަނީ އެޓީމުގެ ބޭރުކުޅުންތެރީން އެބުރި ޓިއުރިންއަށް އައުމަށް އަންގާފައެވެ.

ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އިޓަލީގެ ޓިއުރިންއަށް ދިޔައިރު ޓިއުރިންގައި ތިބި ޔުއެންޓާސްގެ ކުޅުންތެރީން ދަނީ ކަރަންޓީން ފުރިހަމަ ކުރަމުންނެވެ.  އެހެންނަމަވެސް ރޮނާލްޑޯ އިޓަލީގައި ނެތުމުން  ޔުއެންޓާސް ޓީމާއެކު ރޮލާންޑޯއަކަށް ކަަރަންޓީން ވެފައެއް ނުވެއެވެ. ސަބަބަކީ އިޓަލީގެ ފުރަ ބަންދުގެ ހާލަތަށް ދިޔައިރު އޭނާހުރީ އޭނާގެ މަންމަ ބަލިވެގެން ޕޯޗްގަލްއަށް ގޮސްފައިކަމަށްވާތީއެވެ.  ހޯމަދުވަހުގެ ވަގުތެއްގައި ރޮނާލްޑޯ އެނބުރި އިޓަލީގެ ޓިއުރިއަންއަށް ދިޔައިރު އޭނާ 14 ދުވަސްވަންދެން ކަރަންޓީން ކުރާނެއެވެ.

އެހެންކަމުން ޔުއެންޓާސްއިން ހުރިހާ ކުޅުންތެރީން އެއްކޮށް ތަމްރީންތައް ފަށާއިރު ރޮނާލްޑޯއަށްވެސް ތަމްރީނުތަކުގައި  ބައިވެރިވެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޓަލިއަން ލީގު މުއްދަތެއްނެތްގޮތައް މެދުކަނޑާލާފައިވާއިރު މީގެ ކުރިން އިޓަލިއަން ލީގުގެ ހުރިހާ ކުލަބަކުންވަނީ ލީގު ފުރިހަމަކުރަން ރުހުން ދީފައެވެ. އަދި ދާދިފަހުން އިޓަލިއަން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގްރެވީނާވަނީ އެއްވެސް ހާލަތެއްގައި ލީގު ކެންސަލް ނުކުރާނެކަމަށް ވިދާޅުވެފައެވެ.

އިޓަލިއަން ލީގު އަލުންފަށަން ހުރިހާ ކުލަބަކުން ރުހުންދިންއިރު މެއިމަހުގެ 27 އާއި ޖޫންމަހުގެ ދޭކާއި ދެމެދު އިޓަލިއަން ލީގުގެ ކުޅުން އަލުންފަށަން މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫއިން އެސް 10 ސީރީޒްގެ ފޯނުތައް ރާއްޖެއަށް ތަޢާރަފްކޮށްފި

އުރީދޫ މޯލްޑިވްސްއާއި ސެމްސަންގްއިން ގެލެކްސީ އެސް ޓެން ސީރީޒް ރާއްޖެއަށް ތައާރަފްކޮށް، ޕްރީ-އޯޑަރ ހުޅުވާލައިފިއެވެ. މިއަދު ހަވީރު އުރީދޫ ...

އުރީދޫ އެއާ ފައިބަރު ޕްލޭންތަކަށް ބޮޑު ބަދަލެއް

އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި ...

އެގްރޯނެޓްގެ ސްޓާޓްއަޕް ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް ދޫކުރާ “ސްޓާޓް އަޕް” ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ތަކެތި ދޫކުރަން ފަށައިފިއެވެ. އެގްރޯ ...