‘ސައިބަރ ސޭފްޓީ’ގެ ނަމުގައި ދަރިވަރުން އިންޓަރނެޓަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފި

advertisement

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި، މިނިސްޓްރީ އޮފް އޭޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ދަރިވަރުން އިންޓަރނެޓް ބޭނުންކުރާއިރު ރައްކާތެރި ގޮތުގައި ބޭނުން ކުރަން ދަސްކޮށްދީ ހޭލުންތެރި ކުރުމުގެ ގޮތުން ކެމްޕޭނެއް އިފްތިތާހްކޮށްފިއެވެ.

މި ކެމްޕޭނުގެ މަޤުސަދަކީ އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސްވަރު، ދަރިވަރުންނާއި، ބެލެނިވެރިންނާއި ޓީޗަރުން، އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާ މެދު އަހުލުވެރި ކުރުވުމާއި، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިކެމްޕޭނުގެ ދަށުން އެނިމޭޓެޑް ވީޑިއޯ، ޕޯސްޓަރު އަދި ޗެޓްބޮޓް މެދުވެރިކޮށް، ރައްކާތެރިކަމާއެކު، އިންޓަރނެޓް ބޭނުންކުރުމުގެ އެކި އެކި މަޢުޟޫޢުތަކަށް މަޢުލޫމާތު ދެވޭނެކަމަށެވެ. އަދި އޮންލައިކޮށް ހިއްސާ ކުރާ އަމިއްލަ އަދި ސިއްރު މަޢުލޫމާތަކީ ކޮބައި ކަމާއި މިފަދަ މަޢުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ރައްކާތެރިވާންވީ ގޮތުގެ މައްޗަށް މަޢުލޫމާތު ދެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި ކެމްޕޭނުން ދަރިވަރުން އޮންލައިކޮށް އުޅުމުގައި ހަނދާން ބަހައްޓަންވީ މުހިއްމު ކަންކަމާއި، ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މި ކެމްޕެއިންގައި ބޭނުންކުރާ ޕޯސްޓަރު މެދުވެރިކޮށް އޮންލައިން ކޮށް ކިޔަވާދިނުމުގައި ޓީޗަރުން ސަމާލުކަންދޭންޖެހޭ މުހިއްމު ސެކިއުރިޓީއާއި ގުޅޭ މަޢުލޫމާތުތަކާއި ދަރިވަރުން އޮންލައިންކޮށް ކިޔަވާއިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިއްމު ޕޮއިންޓްތައް ހިމެނެއެވެ. ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރިކުރުމާބެހޭ މަޢުލޫމާތުތަކާއި އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނނަށް ޚާއްސަކޮށްގެން ދިނުމަށް ހަމަޖެހިފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ކެމްޕޭނުގެ ދަށުން އޮންލައިންކޮށް އުޅުމުގައި ދިމާވާ ގަނާކުރުމާއި ގްރޫމިންގ ފަދަ ބޮޑެތި މަޢުޟޫތަކަށް ވީޑިއޯ އާއި ޕޯސްޓަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކެމްޕޭންގެ ދަށުން ތަޢާރަފްކޮށްފައިވާ ޗެޓްބޮޓަކީ އެކިއެކި މަޢުޟޫތަކަށް މަޢުލޫމާތު ދޭގޮތަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރއެކެވެ. ސައިބަރ ސްމާޓް ޗެޓްބޮޓުގައި މަޢުލޫމާތު ދޭނީ ސައިބަރ ސެކިޔުރިޓީ އާއި ގުޅޭ މައުޟޫޢުތަކަށެވެ. މީގެ އިތުރުން މި ކެޕްމޭނުގައި ތައްޔާރުކުރެވޭ ހުރިހާ ކޮންޓެންޓެއް އެއްތަނަކުން ފެންނާނޭހެން ޖަމާކޮށް ސައިބަރ ސްމާޓްގެ ނަމުގައި ވެބްސައިޓެއްވެސް ތައްޔާރުކޮށް އާންމުންނަށް ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ...

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

އެމްޑީޕީގެ ކޮންގްރެސް ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި މި ސަރުކާގެ އިކޮނޮމިކް ...