ސައިކަލް އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެކަކު ހިތަދޫ ހޮސްޕިޓަލަށް ފޮނުވާލައިފި

  މީދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެއްޖެ އެވެ

  ބުރާސްފަތި ދުވަހު ސިއްހީކުރިމަތިން އަމީނީމަގުގައި ހިނގި މި އެކްސިޑެންޓްގައި އެއް ސައިކަލް ދުއްވަން އިނީ އަންހެން ކުއްޖެކެވެ. އަނެއް ސައިކަލް ދުއްވަން އިނީ ފިރިހެން ކުއްޖެކެވެ.

  މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ އަންހެން ކުއްޖަކަށެވެ.  އަންހެން ކުއްޖާގެ ކަނާއަތުފައި ރެނދެއްލާފައިވާއިރު ބައެއް ތަންތަން މަށައިގެންގޮސް ނޭފަތުން ލޭއައިސްފައިވެއެވެ.

  މިއެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާއަށް އިތުރު ފަރުވާދިނުމަށް ހުޅުމީދޫ ސިއްހީމަރުކަޒުން އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާލުމުން އަންހެން ކުއްޖާއަށް މިހާރު ފަރުވާދެމުންދަނީ އެހޮސްޕިޓަލުގައެވެ.

  މިއެކްސިޑެންޓްގައި އަނިޔާވި ފިރިހެން ކުއްޖާގެ ބައެއް ތަންތަން މަށައިގެންގޮސް ނޭފަތުން ލޭއައިސްފައިވީނަމަވެސް ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހު ފިރިހެންކުއްޖާވަނީ ދޫކޮށްލާފައެވެ.

  މައުލޫމާތު ލިބިފައިވާގޮތުގައި މިއެކްސިޑެންޓް ހިގަންދިމާވީ ސިއްހީމަރުކަޒުގެ ވާއަތްފަރާތު ގޭޓުން ސައިކަލްގައި އަންހެން ކުއްޖާ ނިކުމެ  މަރުކަޒުގެ ކުރިމަތިން އޮތް ލިލީމަގުން  ހުޅަގަށް ދުއްވާލިތަނުން އެމަގުން ހުޅަގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި އައިސަލެއްގައި ޖެހިގެންނެވެ.

  މިއެކްސިޑެންޓްގައި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 14750 އަށް އަރައިފި

  މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 14،750 އަށް އަރައިފިއެވެ. މި ބަލި ...

  ކަސްޓަމްސް ކުރީގެ ވެރިޔާ ޖުނައިދުގެ މައްޗަށް އުފުލި 2.6 މިލިއަން ޑޮލަރުގެ ދައުވާ ސާބިތެއްނުވި

  ކަސްޓަމްސް ކުރީގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދާއި އޭނާގެ މަސްލަހަތު އޮންނަ ގްލޯބަލް ލިންކްސް އާއި ހޯދީ ...

  މެޑަމް ފާތުންނާއެކު ފުވައްމުލަކުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވަނީ

  ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާ ޕީފީއެމްގެ ވަރަށް ހާއްސަ ޖަލްސާ އެއް ފުވައްމުލަކުގައި ބާއްވަން ...

  ސުވާލު އުފެދުނު 12 ގޮނޑި އާއި މެދު ސުޕްރީމް ކޯޓުން ޙުކުމްއިއްވައިފި

  ސުވާލު އުފެދި ގޮތެއް ނުނިންމި އޮތް ރައްޔިތުން މަޖްލީހުގެ 12 ގޮނޑި އާއި މެދު ގޮތެއް ކަނޑައަޅާ އިއްޔެ ...

  ގައުމު ސްޓްރީޓް ކަޕް – މިރޭ ވަރުގަދަ މެޗްތަކެއް –

  މީދޫގައި މިހާރު ކުރިއަށްދާ ގައުމު ސްޓްރީޓް ކަޕް  މުބާރާތުގައި މިރޭ ވަރުގަދަމެޗްތަކެއް ކުޅެވޭނެއެވެ. މިގޮތުން ކުޅެވޭ އެންމެ ވަރުގަދަ ...

  އަބްދުﷲ ސައީދު ފޯނު ނުދިނުމުން އިއްވި ޖަލު ހުކުމް ބާތިލްކޮށްފި

  ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ...