ޑިފެންސް މިނިސްޓަރ ހުޅުދޫއާއި މީދޫއަށް ޒިޔާރަތްކުރައްވައިފި

  ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ.

  ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ހުޅުދޫއާއި މީދުއަށް ކުރެއްވި މިދަތުރުފުޅަކީ އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުން ބައްލަވާލެއްވުމަށް  ކުރެއްވި ދަތުރުފުޅުގެ ތެރެއިން  ބޮޑަށް ގެއްލުން ލިބުނު ހުޅުދޫއާއި މީދޫގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވާ ލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

  13-10-2019 މީދޫ- ޑިފެންސް މިނިސްޓަރ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާ ލައްވަނީ

  އޮކްޓޯބަރމަހުގެ 11 ވަނަ ދުވަހުގެ ރެއިން ފެށިގެން މެދުކެނޑުމެއް ނެތި އައްޑުއަތޮޅަށް ކުރި ވިއްސާރާގައި  ހުޅުދޫއާއި މީދޫއަށްވެސް  ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.

  13-10-2019 ހުޅުދޫ- ޑިފެންސް މިނިސްޓަރ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާ ލައްވަނީ

  މިގޮތުން ހުޅުދޫއާއި މީދޫގެ 60  ގެއަކަށް ވަރަށް ބޮޑަށް ފެން ވަދެ ހިފާގެންގުޅޭ ތަކެއްޗާއި ފަރުރީޗަރުތަކަށްވެސް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ގޭބިސީތަކުގެ ނަރުދަމާގެ މައްސަލަ ޖެހި މަގުމަތީގައި ބަހައްޓާފައިހުރި ނަރުދަމާގެ ޖަންކުޝަންތަކުގައި ވެސް މައްސަލަޖެހުނެވެ.

  13-10-2019 މީދޫ – ޑިފެންސް މިނިސްޓަރ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާ ލައްވަނީ

  ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިއްސާރައިގައި އައްޑޫސިޓީއަށް ލިބުނު ގެއްލުންތައް ބެއްލެވުމަށް  ވަޑައިގެންފައިވާއިރު ރައީސުލްޖުމްހޫރިއްޔާވެސްވަނީ ވިއްސާރައިގައި އައްޑޫ ސިޓީގެ ރަށްޔިތުންނަށް ލިބުނު ގެއްލުން ބައްލަވާލައްވާފައެވެ.

  13-10-2019 މީދޫ -ޑިފެންސް މިނިސްޓަރ ވިއްސާރައިގައި ލިބުނު ގެއްލުންތައް ބައްލަވާ ލައްވަނީ

  ރައީސް ސޯލިހު އައްޑޫގެ  ހާލަތު ބައްލަވާލައްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގަށް ފޯނުން ގުޅުއްވައެވެ. ރައީސް ވަނީ މޭޔަރަށް ގުޅުއްވައި ގެއްލުންވެފައިވާ ރައްޔިތުންގެ ހާލަތާއި، ބޯ ވިއްސާރާގައި ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށާއި މިހާރު އެކަމާއި ގުޅިގެން އައްޑު ގައި ކަންކަން ކުރިއަށް ގެންދަވާގޮތް އޮޅުން ފިލުވާފައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ސައިކަލް އެކްސިޑެންޓްގައި ބޮޑަށް އަނިޔާލިބުނު ހަސަންދީދީ މާލެ ފޮނުވާލަނީ

  މީދޫގައި ދެ ސައިކަލް ޖެހި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ބޮޑަށް އަނިޔާލިބިފައިވާ ސ. މީދޫ ގުލްއަލާގޭ ހަސަންދީދީއަށް ...

  ޕެނަލްޓީގައި ޒެފިޔާ ބަލިކޮށް ސަންއޮފްލޮންސް ސެމީ އަށް

  ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 2-0 އިން ...

  އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

  މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ. އެމްޓީޑީގެ ރައީސް ...

  ދިރާގު ނައު އެޕް – ރޯދަމަހާ ގުޅޭ ސަޅިއެޕެއް

  ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ...

  ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފި

  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށްފިއެވެ. އެޗްޕީއޭ އިން ...

  އަބްދުﷲ ސައީދު ފޯނު ނުދިނުމުން އިއްވި ޖަލު ހުކުމް ބާތިލްކޮށްފި

  ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ތަހުގީގަށް ފޯނު ނުދިން ކަމަށް ބުނާ މައްސަލައާއި ގުޅިގެން އުފުލި އިންސާފު ...