ދ. ކުޑަހުވަދޫއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ.ގަމު ކޮވިޑް ފެސިލިޓީއަށް ގެންގޮސް އެތަނުގެ އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްފިއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީންގައި ހުރުމަށްފަހު ސާމްޕަލް ނެގިއިރު ދ. ކުޑަހުވަދޫ އިން ޕޮޒިޓިވްވި ކުޑަކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެނެސް އެތަނުގެ އައި.ސީ.ޔޫ ގައި މިއަދު ވަނީ އެޑްމިޓް ކުރެވިފައެވެ.

ކުޑަހުވަދޫ އިން މި މަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި 3 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ. ބެލެވޭ ގޮތުގައި މިއީ އެއް އާއިލާގެ މެމްބަރުންނެވެ.

މި މީހުން ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ ހޯމް ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ނިއުލައިން ބޯޓް ފަރަށް އަރައިފި

މާލެއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފިއެވެ. އައްޑޫސިޓީ ހުޅުދޫ “ނިއުލައިން” ނަމަކަށް ކިޔާ ...

ކޮންމެ މޫޑަކާ ގުޅޭ ޕްލޭލިސްޓު ސިޓިންގްރޭ ގައި

ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމަކާ ގުޅޭ ޕްލޭލިސްޓަކާ ނުލައި ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ގޭގައި ...

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ...