ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

  މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

  ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ހަމަޖައްސާ އުސޫލުގެދަށުން ދަނޑުވެރިން އުފައްދާ ހުރިހާ ތަކެތި އެސްޓީއޯއަށް ވިއްކޭނެ އިންތިޒާމެއް ހަމަޖައްސާފައިވާކަމަށެވެ.

  އަދި އަމިއްލައަށް އެކި ރަށްތަކަށް ތަކެތި ފޮނުވަން ބޭނުންވާ ދަނޑުވެރިންނަށްވެސް ތަކެތި ފޮނުވޭނެކަމަށެވެ. މަބްރޫކް ވިދާޅުވީ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މާނާކުރީ، އެއްރަށުން އަނެއްރަށަށް މީހުން ފައިބައިގެން އުޅުންކަމަށެވެ. ނަމަވެސް ކޯވިޑް 19ގެ ހާލަތުގައި ރިޒޯޓްތަކަށް ތަކެތި ސަޕްލައި ކުރަމުން ދިޔަ އުސޫލުން ތަކެތި އުފުލޭނެކަމަށެވެ.

  “ދޯނީގައި ތިބޭ މީހުން މާލެއަށް ނުވަތަ އެހެން ރަށަކަށްވެސް ފައިބައިގެން އުޅުން މަނާވާނެ. ނަމަވެސް އެއް ރަށުގައި އުފައްދާ ތަކެތި އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ.” މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

  ކުރިއަށް އޮތީ ރަމަޟާން މަހަށް ވުމާއިއެކު ގިނަ ރަށްރަށުންވަނީ ރަމަޟާންމަހަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

  ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީޓޯއިން އުފައްދާ އެގްރި ސެންޓަރ އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އެކުންފުނިން ނިންމާފައިވާ ކަމަށް އެސްޓީއޯއިންވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ދަނޑުވެރިކަމުގެ އުފެއްދުންތައް މިސެންޓަރު މެދުވެރިކޮށް ގަނެ، ފައިސާ ދަނޑުވެރިންނަށް އޮންލައިންކޮށް ވަގުތުން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުވަނީ ވިދާޅުވެފައެވެ. މިސެންޓަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އެސްޓީއޯއިންވަނީ ހުޅުވާލާފައެވެ.

  މަސްދަރު : ޕީއެސްއެމް ނިއުސް

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ކޮވިޑް-19 ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ޓެސްޓް އައްޑޫއިން މިހާރު ހެދޭނެ : ޝަރަފުއްސާދާތު

  އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު މިހާރު ހެދޭނެ ކަމަށް އައްޑޫ ...

  ސިނަމާލެ ބްރިޖް ރައީސް ޔާމީން ރަސްމީކޮށް ހުޅުވައިދެއްވައިފި

  ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗައިނާ ސަރުކާރުގެ މަންދޫބު އަދި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ...

  އައްޑޫ ސިޓީ ގަމާއި ސައުތުއެފްރިކާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރުގެ ނޮވެމްބަރު މަހު ފަށަނީ

  ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި ސައުތު އެފްރިކާއާ ދެމެދު މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ސީދާ ދަތުރުތައް ފެށޭނެކަމަށް ޓޫރިޒަމް ...

  ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފަސް ޕްރޮޖެކްޓަކަށް އެހީ ދީފި- އޭގެ ތެރޭގައި މީދޫ ރަފަޅާ ސަރަހައްދުގެ ޕްރޮޖެޓް ހިމެނުނު

  ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކްއާޓަރުގައި ފަސް ރަށެއްގައި ޕްރޮޖްކްޓް ހިންގަން އެހީތެރިކަން ފޯރުކޮށް ދީފި ...

  އުރީދޫ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ!

  ކޯވިޑް19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި ...

  މަސައްކަތް ކުރާނީ ލޮކްޑައުންއަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން: ރައީސް

  ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ލޮކްޑައުނަކަށް ނުގޮސް ކޮވިޑް-19 ކޮންޓްރޯލް ކުރެވޭތޯކަމަށް  ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...