ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ޕްރީ ސްކޫލްތަކުގައި ހޭދަކުރެވޭ ދުވަސްތައް – ރޮޒެއިނާ

އަޅުގަޑުމެން ވަރަށް މުހިއްމު ކަމެއްދީގެން ވަރަށްބާރަށް އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ ރަގަޅު ކުރުމުގެ ވާހަކަ ދައްކާކަމަށާ އެހެނަމަވެސް ޕްރީސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާއާއި ޓީޗަރުން ތަމްރީނު ކުރުމުގެ  ވާހަކަ ދެކެވޭ އަޑުއިވެނީ ވަރަށް މަދުންކަމަށް އައްޑޫމީދޫދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެވެ.

ރޮޒެއިނާ އާދަމް މިހެން ވިދާޅުވީ މީދޫ ޝަރީފީ ޕްރީސްކޫލްގެ 25 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ރޭ ޝަރީފީ ޕްރީސްކޫލްގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ޕްރީސްކޫލްގައި ހޭދަކުރާ ދުވަސްތައްކަމަށެވެ.

” ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ޕްރީ ސްކޫލްތަކުގައި ހޭދަކުރެވޭ ދުވަސްތައް ، ދަރިވަރުން ސްކޫލަކީ ކޮންތަކެއްކަން ފުރަތަމަ ދަސްކުރަނީ ޕްރީސްކޫލަށް ގޮސްގެން ، ކިޔެވުމަކީ ކޯޗެއްކަން ދަސްކުރަނީ ޕްރީސްކޫލުން . އެކުވެރީންނާއިއެކު އުޅުމަކީ ކޮންކަހަލަކަމެއް ކަން ދަސްކުރަނީ ޕްރީސްކޫލުން ، އެހެންވީމާ ހަގީގަތުގައި ޕްރީ ސްކޫލަކީ ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތައް ، އެންމެ މުހިއްމު ފެށުން ، މިފެށުން ގޯސްވެއްޖެކަމަށްވާނަމަ  އެކުއްޖެގެއްގެ ކުރިއަށްއޮތް ތައުލީމީ ހަޔާތް ވަރަށްބޮޑަށް ބަނަވެގެންދޭ ”  ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން  ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އަޅުގަޑުމެން އޭލެވެލް އާއި  އޯލެވެލްއަށް ޓީޗަރުން ބިނާކުރަން ދޭ އަހުމިއްޔަތުކަން ޕްރީސްކޫލްތަކުގައި ކިޔަވާދޭ ލޮބުވެތި އާންޓީން ތަމްރީނުކުރުމަށްޓަކައި ދޭންޖެހޭކަމަށެވެ.

” އެކަމުގެ މުހިއްމުކަން އަޅުގަޑުމެންނަށް ހަގީގަތުގައި ނުވިސްނިފައި އޮތް މުހިއްމުކަމެއް މިއީ ،  އަޅުގަޑުމެން އޭލެވެލްއާއި އޯލެވެލްއަށް ޓީޗަރުން ބިނާކުރަން ދޭ އަހުމިއްޔަތުކަން އެބަދޭންޖެހޭ ޕްރީސްކޫލްތަކުގައި ކިޔަވާދޭ މިލޮބުވެތި އާންޓީން ތަމްރީނުކުރުމަށްޓަކައި ، އަޅުގަޑު އިރާދަކުރެއްވިޔާ މަސައްކަތްކުރާނަން، އައްޑޫ ސިޓީގައި މަސައްކަތްކުރާ ޕްރީސްކޫލްތަކުގެ ޓީޗަރުންނަށް އެކިއެކި އިތުރު ތަމްރީންތައް ހޯދާ ދިނުމަށްޓަކައި ، މިގޮތުން ސަރުކާރާއި ޔޫއެންޑީޕީފަދަ ތަންތަނާއިއެކު މަޝްވަރާކޮށްގެން އާންޓީންނަށް އިތުރު ތަމްރީނުތައް ބޭއްވޭތޯ މަސައްކަތްކުރާނަން  ” ރޭެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަލި މީހުން އުފުލޭގޮތް ހެދުމަށް މަންތާއާއި، ފްލައިމީއަށް އަންގައިފި

މަންތާ އާއި ފްލައިމީ އިން ސްޓެޗަރުގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސަން ...

ކައުންސިލްތަކަށް ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ...

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...